ކ. މާލެ
|
6 މެއި 2018 | އާދީއްތަ 17:41
ޝަރީފް (މ) އާއި އަކްރަމް (ކ) އަށް އަލްވަދާއު ދަންނަވަން އިލެކްޝަންސް ކޮމިޝަން މެމްބަރުން އެއަރޕޯޓުގައި
ޝަރީފް (މ) އާއި އަކްރަމް (ކ) އަށް އަލްވަދާއު ދަންނަވަން އިލެކްޝަންސް ކޮމިޝަން މެމްބަރުން އެއަރޕޯޓުގައި
އިލެކްޝަންސް ކޮމިޝަން
މެލޭޝިއާގެ އާއްމު އިންތިޚާބު
މެލޭޝިއާގެ އިންތިޚާބު އޮބްޒާވްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރައިފި
އިންތިޚާބު އޮންނާނީ މިމަހުގެ 9 ވަނަ ދުވަހު

މިމަހުގެ 9 ވަނަ ދުވަހު ބާއްވާ މެލޭޝިއާގެ އާއްމު އިންތިޚާބު އޮބްޒާވްކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި މެމްބަރު އަހުމަދު އަކްރަމް މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

މެލޭޝިއާގެ 14ވަނަ އާއްމު އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖެއަށް ދައުވަތު ދީފައިވާކަމަށް މިދިޔަ މަހު މެލޭޝިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މި އިންތިޚާބަކީ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤާއި އިދިކޮޅު ލީޑަރު މަހާތީރު މުހައްމަދާއި ދެމެދު ކުރެވޭ ވަރުގަދަ ސިޔާސީ ހަނގުރާމައަކަށް ވާނެކަމަށް މެލޭޝިއާގެ ސިޔާސީ ފަރާތްތަކުން ބުނެއެވެ. އާއްމު އިންތިޚާބުގެ ކެމްޕޭން އެޤައުމުގައި ވަރަށް ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ. އަދި އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މެލޭޝިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް