ކ. މާލެ
|
6 މެއި 2018 | އާދީއްތަ 16:31
މެމްބަރު އަހުމަދު ފާރިސް މައުމޫން ކޯޓަށް ހާޒިރު ކުރުމަށްފަހު ގެންދަނީ (ފައިލް ފޮޓޯ)
މެމްބަރު އަހުމަދު ފާރިސް މައުމޫން ކޯޓަށް ހާޒިރު ކުރުމަށްފަހު ގެންދަނީ (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
މެމްބަރު ފާރިސް މައުމޫން
ސަރުކާރު ވައްޓާލަން ބަޔަކަށް ރިޝްވަތު ދިންކަމަށް ބުނާ ވާހަކައަކީ ކޮންމެވެސް މީހަކަށް ފެނިގެން އުޅޭ ހުވަފެނެއް: ފާރިސް
2013 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވައްޓާލަން އުޅުނު: ދައުލަތް
އިލްހާމާއި ސިނާނަށް ރިޝްވަތު ދިން: ދައުލަތް
ރިޝްވަތު ދިންކަމަށް ބުނާ ފަނޑިޔާރުންގެ ނަންތަކެއް ދައުވާގައި ހާމަކޮށްފައެއް ނުވޭ

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ބަޔަކަށް ރިޝްވަތު ދިންކަމަށް ބުނާ ވާހަކައަކީ ކޮންމެވެސް މީހަކަށް ފެނިގެން އުޅޭ ހުވަފެނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގައި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ބޭއްވި އިބްތިދާއީ ދެވަނަ އަޑު އަހުމުގައި ދައުލަތުން ދައުވާ އިއްވުމުން ފާރިސް ވިދާޅުވީ ދައުވާ ސާފު ނުވާކަމަށާއި ނަމަވެސް ޖިނާއީ އެއްވެސް ކުށެއް ކޮށްފައިނުވާނެތީ ދައުލަތުން މިކުރާ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. 

ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްކޮށް، މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދީފައިވާ ކަމަށެވެ. އަދި ފަނޑިޔާރުންނަށް ރިޝްވަތުދީ، ވަކިގޮތަކަށް ހުކުމެއް ނެރެ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް، ވަކި ފުލުހުންތަކެއް ނެރެ ސަލާމަތީ ހިދުމަތްތަކާއި އަދި ރައްޔިތުންނާ ކުރިމަތި ލުމަށްފަހު، ސަރުކާރު ވައްޓާލުމަށް ރާވާފައިވާ ކަމަށެވެ. 

ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލުން ވިދާޅުވީ ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގައި މިހާރު ދައުވާ އުފުލާފައިވާ ބޭފުޅުންގެ ތެރެއިން ފާރިސް އަކީ މިކަމުގެ މޭސްތެރިޔާ ކަމަށެވެ. 

މީގެ ކުރިން ވެސް ފާރިސްގެ މައްޗަށް ރިޝްވަތުގެ މައްސަލައެއްގައި ދައުވާކޮށްފައި ވެއެވެ. ނަމަވެސް އެ ޝަރީއަތުގެ އަޑުއެހުންތައް މިހާރުވަނީ ހުއްޓިފަ އެވެ. ފާރިސްގެ މައްޗަށް ދައުލަތުން ހުށަހެޅި ރިޝްވަތު ދިން ކަމަށް ބުނާ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ހެކިވެރިޔާ ވަނީ ދައުލަތާ ދެކޮޅަށް ހެކިބަސްދެއްވާފަ އެވެ.

އެ ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ތައްޔާރުކުރި ޕެޓިޝަނުގައި ސޮއި ކުރެއްވުމަށް ފާރިސް އެ މެމްބަރުނަށް ރިޝްވަތުދެއްވި ކަން ސާބިތު ކުރުވުމަށް ކަމަށްބުނެ އެވެ.

ނަމަވެސް ސިއްރުން އެ ހެކިބަސްދިން މެމްބަރު ﷲ ގަންދީ ހުވާކޮށް ވިދާޅުވީ ފާރިސް އޭނާއަށް ރިޝްވަތު ދެއްވާފައިނުވާ ކަމަށެވެ.

ސަރުކާރުން ވައްޓާލަން އުޅުމުގެ ކުށުގައި ދައުލަތުން ދައުވާ ކޮށްފައިވާ ދައުލަތުގެ އިސްފަރާތްތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމިދާ ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމްގެ އިތުރުންވެސް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފާއި ފާރިސް ވިޝްވަތުދިން ކަމަށްބުނާ މެމްބަރު އިލްހާމާއި މެމްބަރު ސިނާނު ވެސް ހިމެނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
6 މެއި 2018 | އާދީއްތަ 11:35
Heyo
Always faris and maumoon will be true