ކަރަންޓް ބިލް ބޮޑުވުމުން އެކަމާ ހިތްހަމަ ނުޖެހިގެން ހއ. ދިއްދޫގައި އާދިއްތަ ދުވަހު އިހްތިޖާޖު ކޮށްފިއެވެ.
މި އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ ބައެއް ރައްޔިތުން ނިކުމެ ދިއްދޫ އިންޖިނުގޭގައެވެ.
އިހުތިޖާޖުގައި ބައިވެރިވި މީހުން ވަނީ އެމީހުންގެ ކަންބޮޑުވުން ތަކާއި ހިތްހަމަ ނުޖެހުންތައް ފާޅު ކޮށްފައެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވީ މިމަހުގެ ކަރަންޓް ބިލް އައި އިރު ބައެއް ގޭގެގެ ބިލް ވަނީ 1500ރ އާއި 2000ރ ދެމެދުގެ އަދަދަކަށް އެވްރެޖްކޮށް ބޮޑުވެފައެވެ.
ކަރަންޓްބިލް ބޮޑުވާ މައްސަލައިގައި އެއީ މިދުވަސްކޮޅު ހޫނުގަދަވުމުގެ ސަބަބުން ވާ ކަމެއް ކަމަށް އިންޖީނުގެއިން ބުނާ ކަމަށްވެސް ހާޝިމް ވިދާޅުވިއެވެ.
ދިއްދޫގެ އިތުރުން މާލެ އާއި ބައެއް އެހެން ރަށްރަށުގައި ވެސް ވޭތުވެދިޔަ ދެ މަހުގެ ކަރަންޓް ބިލް ބޮޑުވުުމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.