ކ. މާލެ
|
6 މެއި 2018 | އާދީއްތަ 13:16
މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
މުހައްމަދު ޝަރުހާން
އަބްދުﷲ ޝާހިދު
ދައުލަތުގެ ޚަރަދުގައި ޑިގްރީއާއި ހަމަޔަށް ކިޔަވައިދެވެން ޖެހޭނެ: ޝާހިދު
މަޤާމުތަކުގައި މިއަދު ތިބި މީހުން މަތީ ތައުލީމް ހާސިލްކުރީ ދައުލަތުގެ ޚަރަދުގައި
ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން 10 އިންސައްތަ އަށް ތިރިވިޔަސް އެކަމަށް ބޭނުންވާ ފައިސާ ބަޖެޓަށް ލިބޭނެ

ދައުލަތުގެ މަޤާމުތަކުގައި މިއަދު ތިބި މީހުން މަތީ ތައުލީމް ހާސިލް ކުރީ ދައުލަތުގެ ޚަރަދުގައި ކަމަށާއި، މިއަދުގެ ދަރިވަރުންނަށް ވެސް ޑިގްރީއާއި ހަމަޔަށް ދައުލަތުން ހިލޭ ކިޔަވައިދެވެން ޖެހޭނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން 10 އިންސައްތަ އަށް ތިރިވިޔަސް އެކަމަށް ބޭނުންވާ ފައިސާ ބަޖެޓަށް ލިބޭނެ ކަމަށެވެ. 

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ އޭލެވެލް އަދި އޯލެވެލް އިމްތިޙާނުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ވެސް ސްކޮލަރޝިޕް ދިނުމުގައި މިހާރުގެ ސަރުކާރުން ގެންގުޅޭ އުޞޫލުތަކާއިމެދު ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދުވަސްވަރެއްގައެވެ. 

ދައުލަތުގެ މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައީސް މައުމޫންގެ ސަރުކާރުގައި ހިލޭ ކިޔަވައިދީފައިވާއިރު، ފަހުން ފައިސާ ދައްކާ ގޮތަށް ވެސް ބައެއް ފަރާތްތަކަށް ކިޔަވައިދީފައިވެއެވެ. މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމާއި، ރައީސް އަބްދުﷲ ޔާމީނަކީ ވެސް ސަރުކާރުގެ ޚަރަދުގައި ކިޔަވައިވިދާޅުވެފައިވާ ބޭފުޅުންނެވެ. 

ޑިގްރީއާއި ހަމަޔަށް ދައުލަތުން ހިލޭ ކިޔަވައިދެވެން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއިރު، ރާއްޖެ ކޮމަންވެލްތުން ވަކިވުމުން ގިނަ އަދަދެއްގެ ސްކޮލަރޝިޕް ގެއްލިގެން ދިޔަ ކަމަށް ޝާހިދު ވަނީ ކުރިން ފާހަގަ ކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް