މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ އާދީއްތަ ދުވަހު ފެނުނު ދެމަފިރިން މިއަދު ވަޅުލުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް އިން ބުނެފިއެވެ
މ ލައިޓް ސިގްނަލް ގޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ތ ވިލިފުށީ ގާސިމް ޝާހިދު އާއި ރަޒީނާ އިބްރާހީމްއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތ ދެމން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމެފިރުން ވަޅުލުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު ކަމަށެވެ.
ދެމެފިރިންގެ މަރާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމެފިރުންގެ މަރާގުޅޭ ގޮތުން މިވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި ސަބަބަކީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާތީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި ދެމަފިރިން މަރުވެފައި އޮއްވާ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ނިދިފަހުން އާދީއްތަ ދުވަހު ޚަބަރެއް ނުވެގެން ބެލިއިރުއެވެ.
އެ ދެ މީހުންގެ ހަށިގަނޑު ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އަދި އެއަށް ފަހު މޯޗަރީއަށް ބަދަލު ކުރީ ރޭގެ ވަގުތެއްގައެވެ.