ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 14:52
އިޒްރާއިލް ސިފައިން
އިޒްރާއިލް ސިފައިން
ރޮއިޓަރސް
ލެބަނާން-އިޒްރާއިލް
ބަކަރި ހުއިހައްޕާ ލެބަނާންގެ ރައްޔިތަކު އިޒްރާއިލް ބެލުމުގެ ދަށަށް ގެނެސްފި
ހިފަހައްޓައިފައި ވަނީ ސަރަހައްދީ ރޮގު ކައިރިން
އެމީހާ ދޫކޮށްލުމަށް ދަނީ މަޝްވަރާ ކުރެވެމުން

ލެބަނާންގެ ދެކުނު ސަރަހައްދީ ރޮގު ކައިރިން މިދިޔަ ބުދަ ދުވަހު އެގައުމުގެ ބަކަރި ހުއިހައްޕާ މުސްލިމް ރައްޔިތަކު އިޒްރާއިލް ބެލުމުge ދަށަށް ގެންގޮސްފިއެވެ.

ލެބަނަންގެ ގައުމީ ނޫސް އޭޖެންސީ އިން ބުނި ގޮތުގައި އިސްމާއިލް ސާބް އިޒްރާއިލް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޝެބާ ކިޔާ ސަރަހައްދަކުންނެވެ. އެއައް ފަހު ޝެބާގައި ދަނޑުވެރިކަން ކުރާ ސަރަހައްދަށް އޭނާ ވަނީ ގެންގޮސްފައެވެ. އެ ހިސާބު ނިސްބަތް ވަނީ ކޮންގައުމަކަށް ކަމާއިމެދު ވަނީ ޚިޔާލް ތަފާތު ވެފައެވެ.

ދެކުނު ލެބަނަންގައި ހުންނަ އ.ދ. މިޝަން އިންނާއި ރެޑް ކްރޮސް އިން ބަހެއް ވަގުތުން ނުލިބުނު ކަމުގައި ވިޔަސް ލެބަނީސް މިލިޓްރީގައި އުޅުއްވާ އޮފިސަރަކު ވަނީ މިހާދިސާ އަކީ ހިނގި ހާދިސާއެއްކަން އޭއެފްޕީއަށް ކަށަވަރު ކޮށްދީފައެވެ.

"އޭނަ ދޫކޮށްލުމަށް ވާހަކަ ދައްކަމުން މިދަނީ" މިލިޓަރީގެ އޮފިސަރ ވިދާޅުވިއެވެ. ޝެބާގައި ދަނޑުވެރިކަން ކުރާ ސަރަހައްދަށް އިޒްރާއިލުންގެ ތަނެއްގެ ގޮތުގައި ދައުވާ ކުރަން ފަށާފައި ވަނީ 1967 މެދުއިރުމަތީ ހަނގުރާމައަށްފަހުއެވެ. ލެބަނާނުން އެ ސަރަހައްދަކީ އެމީހުންގެ ތަނެއްގެގޮތުގައި ސިފަ ކުރާއިރު އދ. އިން ބުނެފައިވަނީ އެތަނުގެ އަސްލު މިލްކުވެރިންނަކީ ސީރިއާކަމުގައެވެ.

ބަކަރި ހުއިހައްޕާ މީހާ އިޒްރާއިލުގެ ބެލުމުގެ ދަށަށް ގެންގޮސްފައި މިވަނީ މީގެ ކުޑަ ދުވަސް ކޮޅެއްކުރިން އެސަރަހައްދުން ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކު ދޫކޮށްލައިފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް