ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 14:46
ކާޑިނަލް ޖީން ލުއީ ޓޯރާން ސައުދީ އަރަބިއާގައި، އެ ޤައުމުގެ އިސް ބައެއް ފަރާތްތަކާއިއެކު
ކާޑިނަލް ޖީން ލުއީ ޓޯރާން ސައުދީ އަރަބިއާގައި، އެ ޤައުމުގެ އިސް ބައެއް ފަރާތްތަކާއިއެކު
އަލްއަރަބިއްޔާ
ސައުދީ އަރަބިއާ
ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
އެއްބަސްވެފައިވަނީ އޭޕްރީލް މަހު
ވެޓިކަންގެ އިސް ފާދިރީއަކު ވަނީ ސައުދީއަށް ދަތުރުކޮށްފަ

މުސްލިމުންގެ އެންމެ މުޤައްދަސް ބިންތައް ހިމެނޭ ސައުދީ އަރަބިއާގައި އީސާއީ ދީނުގެ ފައްޅި އެޅުމަށް ސައުދީގެ ރަސްކަމުން، ވެޓިކަން އާއި އެކު އެއްބަސްވެއްޖެއެވެ.

މިޞްރުގެ މީޑީއާތަކުން ހާމަކޮށްފައިވާ ގޮތުގައި ސައުދީގައި ފައްޅި އެޅުމަށް ނިންމާފައިވަނީ އެ ޤައުމުގައި އުޅޭ އީސާއީ ދީނުގެ މީހުން، އެމީހުން ބޭނުންވާ ގޮތަށް އަޅުކަން ކުރުމުގެ ފުރުޝަތު ދިނުމުގެ ގޮތުންނެވެ.

މިޞްރުގެ ނޫހެއް ކަމަށްވާ އީޖިޕްޓް އިންޑިޕެންޑެންޓްއިން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ނިމިގެންދިޔަ އޭޕްރީލް މަހު، ވެޓިކަންގެ ޕޮންޓިފިކަލް ކައުންސިލް ފޯ އިންޓަރ ރިލީޖަސް ޑައިލޮގްގެ ރައީސް، ކާޑިނަލް ޖީން ލުއީ ޓޯރާން ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

ސައުދީއާއި އާއި އިތުރަށް ވާހަކަ ދެއްކުމަށާއި، ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާކަން ޚުދު ކާޑިނަލް ޓޯރާން ވެޓިކަން ނިއުސްއަށް ކަށަވަރު ކޮށްދެއްވާފައިވާއިރު، ފައްޅި އެޅުމާއި ގުޅޭގޮތުން ވެވުނު އެއްބަސްވުމުގެ ތަފްޞީލެއް އެބޭފުޅާ ދެއްވާފައެއް ނުވެއެވެ.

ކާޑިނަލް ޓޯރާންގެ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒް އަލް ސައުދުގެ އިތުރުން ސައުދީގެ އިސް އެކި ފަރާތްތަކާއި ވަނީ ބައްދަލު ކުރައްވާފައެވެ.

އިސްލާމް ދީން ނޫން ދީނަކަށް އުޅުން މަނާ ސައުދީގެ އިޖުތިމާއީ އަދި ދީނީ ވިސްނުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، އެ ޤައުމުން ދަނީ "މުނިފޫނިފިލުވުމުގެ" އެކި ވަޞިލަތްތަކާއި ތަންތަން ހިމެނޭގޮތަށް އިޤުތިޞާދީ ޚާއްސަ ސަރަޙައްދެއް ތަރައްޤީ ކުރަމުންނެވެ.  

- ކޮމެންޓް
8 މެއި 2018 | އަންގާރަ 05:29
Hasanube
Dhuniye nimumuge bodu alaamaatheh innalillah