ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 11:18
ދިދައެއް ވިހުރުވާލަނީ
ދިދައެއް ވިހުރުވާލަނީ
އޭއެފްޕީ/ގެޓީ
އެމެރިކާ
ހޮންޑޫރަސް ރައްޔިތުންނަށް ދީފައިވާ ވަގުތީ ހިމާޔަތް އަތުލުމަށް އެމެރިކާއިން ނިންމައިފި
ހޮންޑޫރަސްގެ ހާލަތު މިހާރު ރަނގަޅު
2020 ވަނައަހަރު އެންމެ ލަސްވެގެން އެމެރިކާއިން ނިކުންނަން ޖެހޭ

އެތަކެއްހާސް ހޮންޑޫރަސް ރައްޔިތުންނަށް ދީފައިވާ ވަގުތީ ހިމާޔަތް އަތުލުމަށް ފަހު އެމީހުން އެބުރި ގައުމަށް ފޮނުވަން އެމެރިކާގައި ވެރިކަމާއި ހަވާލުވެގެން ހުންނަވާ ޓުރަމްޕްގެ ސަރުކާރުން ނިންމައިފިއެވެ.

މިނިންމުމާ ގުޅިގެން ގާތްގަޑަކަށް 000،57 މީހުން 5 ޖެނުއަރީ 2020 ވަނަ އަހަރާއި ހަމައަށް ހޮންޑޫރަސްއަށް އަބުރާ ދާންޖެހޭނެއެވެ. އެމީހުން އެމެރިކާގައި ދިރި އުޅެމުން އައީ ޓެމްޕަރަރީ ޕްރޮޓެކްޓެޑް ސްޓޭޓަސްގެ (ޓީ.ޕީ.އެސް) ދަށުންނެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް އެންޑް ސެކުރިޓީއިން ބުނެފައިވަނީ ހޮންޑޫރަސްއަށް ދިމާވި ގުދުރަތީ ކާރިސާއަށް ފަހު އެމެރިކާއަށްވެއްދި މީހުން މިހާރު ފޮނުވާލަން ނިންމައިފައި މިވަނީ ހޮންޑޫރަސްގެ "ހާލަތު އޭރާ އަޅާބަލާއިރު" ވަރަށް ރަގަޅުވެފައި ވާތީކަމަށެވެ.

ދޮޅުއަހަރުގެ މުއްދަތެއް އެމެރިކާއިން ބޭރުވާން ހޮންޑޫގެ ޓީ.ޕީ.އެސް "ދަށުގައި ތިބި ރައްޔިތުންނަށް ދީފައިވެއެވެ.

ހޮންޑުރަސްގެ ސަރުކާރުން ވަނީ އެމެރިކާގެ ނިންމުމުގެ ސަބަބުން "ހިތާމަ ކުރާކަން" ހާމަކޮށްފައެވެ.

ހޮންޑޫރަސްއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވިދާޅުވީ ގައުމަށް އެއްފަހަރާ ގިނަ މީހުން ވަނުމުގެ ސަބަބުން އެންމެން ބެލުން ވަރަށް އުދާގޫވެގެންދާނެކަމަށެވެ.

"އެ އާއިލާތައް އެމެރިކާގައި އުޅޭތާ މިވަނީ 20 އަހަރު. އެމީހުން ގައުމަށް އެބުރި ގެނެސް އެމާހައުލަށް ފެއްތުމަކީ އުދަނގޫ ކަމަކަށް ވާނެ" އެބޭފުޅާ ވިދާޅުވިއެވެ.

- ކޮމެންޓް