ސިސްޓަމްއަށް ދިމާވި މައްސަލަ އަކާ ގުޅިގެން ޓްވިޓަރ އެކައުންޓްތަކަށް ވަންނަން ބޭނުން ކުރާ ޕާސްވޯރޑުތައް އެކުންފުނީގެ މުވައްޒަފުންނަ ފެންނަގޮތް ވެފައިވުމުން ޕާސްވޯރޑުތައް ބަދަލު ކުރުމަށް އެކުންފުނިން އިލްތިމާސް ކޮށްފި އެވެ.
ޓްވިޓަރ އިން ބުނީ މިހާރު އެމައްސަލަ ހައްލުކޮށްފައިވީ ނަމަވެސް އިތުރު ރައްކަލަށްޓަކައި ޕާސްވޯރޑް ބަދަލުކުރުމަށް އެކުންފުނީގެ ހިދުމަތް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށެވެ. މީގެ އިތުރުން އެމައްސަލަ ތަހްގީގްކޮށްފައިވާކަމަށާއި، އަދި ޕާސްވޯރޑްތަށް ފެންނަގޮތްވިީ ނަމަވެސް އެމައުލޫމާތު ނާޖައިޒް ގޮތުގައި ބޭނުން ކޮށްފައި ނުވާކަމާއި، ކުންފުނިން ބޭރުގެ އެއްވެސް ފަރާތަކަށް އެމައުލުމާތު ލިބިފައިނުވާކަން ތަހުގީގުން ކަށަވަރުވެފައިވާކަމަށް ޓްވިޓަރ އިން ބުންޏެވެ.
We recently found a bug that stored passwords unmasked in an internal log. We fixed the bug and have no indication of a breach or misuse by anyone. As a precaution, consider changing your password on all services where you’ve used this password. https://t.co/RyEDvQOTaZ
— Twitter Support (@TwitterSupport) May 3, 2018
ޓްވިޓަރގެ ހިދުމަތް ހޯދުމަށް ބޭނުން ކުރާ ވަސީލަތްތަކުގައި ޕާސްވޯރޑް ރައްކައުވެ އަބަދު ވަދެވޭނެ ގޮތައް މެދުވެރިކޮށްފައިވަނީ އެޕާސްވޯރޑްތައް އެކުންފުނީގެ މުވައްޒަފުންނާ ޓެކްނިޝަނުންނަށްވެސް ސިއްރުވާ ގޮތަށެވެ. ޓްވިޓަރ އިން ޕާސްވޯރޑް ސިއްރު ކުރަނީ 'ހޭޝިން'ގެ ޒަރިއްޔާއިންނެވެ. 'ހޭޝިން' ބޭނުންކޮށް ޕާސްވޯރޑް ޖެހުމުން އެލަފްޒުގެ އަކުރުތައް ރައްކައުވަނީ ހިސާބު އަދަދު ގޮތުގައެވެ.
ނަމަވެސް ޓްވިޓަރ އިން ހުކުރު ދުވަހު ބުނީ އެކުންފުނީގެ ސިސްޓަމަކަށް ދިމާވި ބަގެއްގެ ސަބަބުން އެތެރޭގެ ބޭނުމަށް ގެންގުޅޭ ލޮގެއްގައި ލަފްޒުތަކުގެ އަކުރު ހިސާބު އަދަދަށް ބަދަލުނުވެ، ޓްވިޓަރ ބޭނުންކުރާ ފަރާތްތަކުން ޕާސްވޯރޑުގޮތުގައި ޖަހާފައިވާ އަސްލު އަކުރުތައް ފެންނަގޮތްވެފައިވާކަމަށެވެ.
އެކުންފުނީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ ޕަރާގް އަގްރަވާލް ވިދާޅުވީ އެމައުލޫމާތު ޓްވިޓާރ ބޭނުން ކުރާފަރާތްތަކާ އެކުންފުނިން ހިއްސާކޮށްފައިވަނީ އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ފެންނާތީކަމަށެވެ. ނަމަވެސް އެއީ ކޮންމެހެން އާންމު ކުރަންޖެހޭ ކަމެއް ނޫންކަމަށް އަގްރަވާލް ވަކިން ވިދާޅުވެފައިވުމުން އެބޭފުޅާއަށް ވަނީ ފާޑުކިއުން ރައްދުވެފަ އެވެ.
Didn’t have to share? What!?
— Ned Pyle (@NerdPyle) May 3, 2018
"We didn't have to." Such arrogance at Twitter.
— Mark Dice (@MarkDice) May 3, 2018
“We didn’t have to”
— michelle wolf stan account (@hannahtraining) May 3, 2018
That’s an interesting thing to include.
ނުރުހުމުގެ ބަހަށް ރައްދުދެއްވަމުން އަގްރަވާލްވަނީ އެމައުލުމާތު ކޮންމެހެން ހިއްސާ ކުރަން މަޖުބޫރު ނުވާކަމަށް ސިފަކުރެއްވީ އެންމެ ރަނގަޅަށް ނޫންކަމަށް އިއުތިރާފުވެވަޑައިގަނެފައެވެ. އަދި އެމައުލުމާތު އާންމު ކުރުން އެބޭފުޅާއަށް މުހިންމުކަމަށްވެސް އަގްރަވާލް ވިދާޅުވިއެވެ.
I should not have said we didn’t have to share. I have felt strongly that we should. My mistake. https://t.co/Cqbs1KiUWd
— Parag Agrawal (@paraga) May 3, 2018
ޓްވިޓާރ އަކީ ރާއްޖެއާ އެހެން ގައުމުތަކުގައި ގިނަ ބަޔަކު ބޭނުން ކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ. 330 މިލިއަން އަށް ވުރެ ގިނަ ފަރާތްތައް އެޕްލެޓްފޯމް ބޭނުންކުރެއެވެ.