އިސްލާމިކް ސްޓޭޓްގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތުގެ ދެ މީހަކު ލީބިޔާގެ އިލެކްޝަންސް ކޮމިޝަނަށް ބުދަ ދުވަހު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި މަދުވެގެން 14 މީހުން މަރުވެއްޖެއެވެ.
މިއީ މި ވޭތުވެދިޔަ އަހަރުތަކުގައި އެގައުމުގައި ދެވުނު މިފަދަ އެންމެ ނުރައްކާތެރި ހަމަލާކަމަށްވާއިރު މިއީ މި އަހަރުގެ ފަހުކޮޅު އެ ގައުމުގައި ބާއްވާ އިންތިޚާބަށް އަސަރު ފޯރުވުމަށް ދީފައިވާ ހަމަލާއެއްކަމަށްވަނީ ރިޕޯޓްކޮށްފައެވެ.
އައިއެސްއާއި ގުޅިފައިވާ އަމަޤް ނޫސް އޭޖެންސީ މެދުވެރިކޮށް ހާމަކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވެރިރަށް ޓްރިޕޮލީގެ މެދުތެރޭގައި ހުންނަ އިމާރާތުގެ ތެރެއަށް ހަނގުރާމަވެރިން ވަދެގަނެ ބަޑިން ހަމަލާ ދިނުމަށްފަހު ވަޒަން ހުސްވުމުން އަތުގައި އޮތް ބޮން ގޮއްވާލީ ކަމަށެވެ.
ހެލްތު މިނިސްޓްރީއިން ކުރިން ބުނެފައިވާގޮތުގައި ހަމަލާގައި އިމާރާތުގައި ރޯކޮށްލާފައިވާއިރު ކަޅު ދުން އަރަމުންދާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. އަދި ސަލާމަތީ ބާރުތަކުން ހަނގުރާމަވެރިންނާ ކުރިމަތިލާފައިވެއެވެ.
ތެލުގެ ގޮތުން މުއްސަނދި ލީބިޔާއަށް ސަލާމަތީގޮތުން އޮތް ގޮންޖެހުންތަކާއިއެކުވެސް އެގައުމުގައި މިއަހަރު ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވުމަށް އދއާއި ލީބިޔާއަށް އެހީތެރިވާ ބޭރުގެ ފަރާތްތަކުން ބާރުއަޅަމުން ގެންދާއިރު އެ ގައުމުގައި އުޅޭ ހައްދުފަހަނައެޅި އެހެނިހެން ޖަމާއަތްތަކާއި އައިއެސްއިން ގެންދަނީ އިންތިޚާބެއް ބޭއްވުމަށް ބާރުއަޅަމުންނެވެ.