އެމެރިކާގެ އައޮވާ ސްޓޭޓުން އެބޯޝަންތައް ހުއްޓުވުމަށް ވަރަށް ހަރުކަށި ބިލެއް ފާސްކޮށްފިއެވެ.
މިއީ މިހާތަނަށް އެމެރިކާގައި އެބޯޝަން ހުއްޓުވުމަށް ފާސް ކުރި އެންމެ ހަރުކަށި ބިލެވެ. ރިޕަލިކް ޕާޓީއިން ވަނީ ބިލް ފާސްކުރުމަށް ފަހު ތަސްދީގު ކުރުމަށްޓަކައި ވަނީ ގަވަނަރ އަރިހަށް ފޮނުވާފައެވެ.
ބިލްތަސްދީގު ކޮށްފިނަމަ ހަ ހަފްތާގެ ފަހުން އެބޯޝަން ކުރުން މަނާވެގެންދާނެއެވެ.
އަޑު އުފުލާ ފަރާތްތަކުން ފާހަގަ ކުރާގޮތުގައި ގިނަ އަންހެނުންތައް ބަނޑުބޮޑުވެފައިކަން އެނގޭއިރު އެބޯޝަން ކުރުމުގެ ވަގުތު ހުންނާނީ ފާއިތުވެފައެވެ.
އައޮވާގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ގަވަނަރ، ކިމް ރޭނޯލްޑްސް ބިލް ތަސްދީގު ކުރައްވާނެ ކަމަކަށް ވިދާޅުވެފައެއް ނުވެއެވެ.
ބިލްގެ ސަބަބުން އެބޯޝަން ހެދުމުގެ ކުރިން މައިމީހާ އަލްޓްރާ ސްކޭންއެއް ހަދަންޖެހޭނެއެވެ. އޭގެ ބޭނުމަކީ ބަނޑުގައިވާ ދަރިފުޅުގެ ހިތް ހިނގަން ފައްޓައިފިތޯ ބެލުމެވެ. ހިތްހިނގަން ނުފަށާނަމަ އެބޯޝަން ކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.
ހިތް ހިނގަން ފެށުމަށް ފަހު އެބޯޝަން ކުރެވޭ މަދު ހާލަތު ކޮޅެއް ބިލުގައި ވަނީ ބަޔާން ކޮށްފައެވެ. އޭގެ ތެރޭގައި މައިމީހާގެ ފުރާނައަށް ބަނޑުގައި އޮންނަ ތުއްތު ކުއްޖާގެ ސަބަބުން ނުރައްކާވުން ހިމެނެއެވެ.
މިދިޔަ އަހަރު އައޮވާ އިން ވަނީ 20 ހަފްތާއަށް ފަހު އެބޯޝަން ނުކުރެވޭ ގޮތަށް ހަމަޖައްސައިފައެވެ.