އިންޑިއާ ވަރުގަދަ ގޭންގެއްގެ ލީޑަރަކު ނޫސްވެރިޔަކު މެރިކަމަށް ސާބިތުވެ ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ޖޭ.ޑޭ. މަރާލާފައި ވަނީ ސައިކަލެއްގައި ދަތުރު ކުރަމުން ދިޔައިރު ފަހަތުން ސައިކަލް ދުއްވާފައި އައިބަޔަކު ބަޑިޖަހައިގެންނެވެ. އެހާދިސާ ހިނގައިފައި ވަނީ 2011 ވަނަ އަހަރުއެވެ. އެމީހުން ކަންތައްތައް ކުރީ އިންޑިއާގެ ގޭންގު ލީޑަރު ކަމުގައިވާ ޗޮއްޓާ ރާޖަންގެ އަމުރަށެވެ.
ހަމަލާގައި ތުހުމަތު ކުރެވުނު ނޫސްވެރިޔާ، ޖިގްނާ ވޯރާއާއި އެހެންމީހަކު ވަނީ ހެކި މަދުވުމުގެ ސަބަބުން ދޫކޮއްލާފައެވެ.
ރާޖަން ވަނީ އިންޑޮނީޝިއާގަ އުޅެނިކޮށް 2015 ވަނަ އަހަރު އަތުލައިގެން ޝަރީއަށް ނިމެންދެން ބަންދު ކޮއްފައެވެ.
އޭނާ އަށާއި އެކުގައި މަސައްކަތް ކުރި އަށް މީހަކަށް ވަނީ ނޫސް ވެރިޔާ މަރާލި ކަމަށް ސާބިތުވެ ހުކުމް ކޮއްފައެވެ. ހަމަލާގައި ތުހުމަތު ކުރެވޭ އިތުރު މީހަކު ފުލުހުން މިހާރު ވެސް ހޯދަމުން ދާއިރު 2015 ވަނަ އަހަރުވަނީ ތުހުމަތު ކުރެވޭ މީހަކު މަރުވެފައެވެ.
ކޯޓުގައި 155 މީހުން ހެކިބަސްދީފަވާއިރު އެއްވެސް މީހަކަށް މިހާދިސާ ހިނގި ތަނެއް ފެނިފައެއް ނުވެއެވެ.
ޖޭ.ޑޭ. އަކީ މުމްބައިގެ އެންމެ ކުރީސަފުގައި ގޭންގުތަކުން ކުރާ ކަންތަށް އާންމުންނާއި ހަމައަށް ތިލަކޮށްދިން ކުޅަދާނަ ނޫސްވެރިއެކެވެ. ނޫސްވެރިޔާ ވަނީ ރާޖަންގެ ގޭންގުތަކުން ކުރާ ކަންތައްތައް ވެސް ހާމަ ކޮށްފައެވެ.
ޗޮއްޓާ ރާޖަން ބޮލުގައި ވަނީ މަރުތަކާއި، ޑުރަގް ޓުރެފިކިންގެ މައްސަލަތަކާއި މިނޫނަސް ގިނަ ކުށްތައް ކުރި ކަމަށް ތުހުމަތު ކުރެވިފައެވެ. ޗޮއްޓާ ރާޖަން 58 އަހަރު ފުރި ގޭންގް ލީޑަރަކަށް ވެފައި ވާއިރު ކުޑައިރުއްސުރެން ވެސް އޭނައަކީ ކުށްތައް ކޮށް އުޅުނު މީހެކެވެ.