ކ. މާލެ
|
8 ޖެނުއަރީ 2017 | އާދީއްތަ 15:24
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
މުހައްމަދު ޝަރުހާން
ޖުޑިޝަރީ
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
އިހުސާން ފިހާރައިން 500 ގްރާމްގެ ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މައްސަލަ

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، ހުޅުމާލޭ ފްލެޓް 39-02-06 ހަސަން އަޒްރާހު އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ހަސަން އަޒްރާހު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އޭނާއާ އިތުރު މީހަކު، 2015 ވަނަ އަހަރުގެ އޮކްޓޯބަރު 12 ވަނަ ދުވަހު، އިހުސާން ފިހާރައިން 500 ގްރާމްގެ ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މައްސަލައިގައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދެ ދަޅު ނެސްކެފޭ ވަގަށް ނެގިކަން ހަސަން އަޒްރާހުގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވާތީ، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ދެ މަހާއި 12 ދުވަހަށް އޭނާ ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށް ބުނެފައިވެ އެވެ.

ހަސަން އަޒްހާރު ވަގަށް ނެގި 500 ގްރާމުގެ ދެ ދަޅު ނެސްކެފޭ އަގަކީ ގާތްގަނޑަކަށް 500 އެއްހާ ރުފިޔާ އެވެ.

- ކޮމެންޓް