ކ. މާލެ
|
2 މެއި 2018 | ބުދަ 07:08
ތާޖު މަހަލް ބިނާކޮށް ނިންމާފައި ވަނީ 1653 ގައި
ތާޖު މަހަލް ބިނާކޮށް ނިންމާފައި ވަނީ 1653 ގައި
އެންޑީޓީވީ
ތާޖް މަހަލް
ތާޖް މަހަލްގެ ކުލަ ބަދަލުވާތީ އިންޑިއާގެ ސުޕްރީމް ކޯޓް ކަންބޮޑުވެއްޖެ
އިމާރާތް އެއްކޮށް ބިނާކޮށް ނިމިފައިވަނީ 1653 ގައި
ބިނާގެ ކުލަ ރީނދޫވެ އަދި މިހާރު މުށިކުލައާއި ފެހިކުލައަށް ބަދަލުވަމުންދާކަމަށް ބުނެވޭ

ދުނިޔޭގައި ހުރި އަޖައިބުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގެ ތާޖްމަހަލްގެ ކުލަ ބަދަލުވަމުން ދިއުމުގެ ކަންބޮޑުވުމާއިއެކު އެކަން ހައްލުކުރަން މަސައްކަތްކުރަން ސުޕްރީމް ކޯޓުން އިންޑިއާ ސަރުކާރުގެ މައްޗަށް އަމުރެއް ނެރެފި އެވެ. 

"ތިބޭފުޅުންނާއެކު ތަޖުރިބާކާރުން ތިއްބެވި ނަމަވެސް އެމީހުންގެ ބޭނުމެއް ނުހިފާ. ނޫނީ ތިބޭފުޅުން އަޅައެއް ނުލައްވާ" ކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.

ކޯޓުން ބުނެފައިވަނީ 17 ވަނަ ގަރުނުގައި ހުދު ކުލައިގެ ސަންގުމަރުމަރު ހިލައާއި އެހެނިހެން ތަކެތިން ބިނާ ކޮށްފައިވާ މަޝްހޫރު އެ ބިނާގެ ކުލަ ރީނދޫވެ އަދި މިހާރު މުށިކުލައާއި ފެހިކުލައަށް ބަދަލުވަމުންދާކަމަށެވެ.

މިހެން ދިމާވާ ސަބަބެއް ކަމަށް ބުނެވެނީ، ޖައްވު ނުސާފުވުމާއި، އިމާރާތްކުރުމާއި، އަދި އުދުހޭ ކުދި ސޫފީގެ ނަޖިހުން ކަމަށެވެ.

އެންވައަރަމެންޓަލިސްޓުން ފޮޓޯ ނަގައި ދިރާސާކުރުމަށްފަހު ކޯޓަށް ހުށަހެޅި ފޮޓޯތައް ބެއްލެވުމަށްފަހު ފަނޑިޔާރު މެޑަން ލޮކޫރު އަދި ދީޕަކް ގުޕްތާވަނީ އިންޑިއާއިންނާއި އެގައުމުން ބޭރުން ތަޖުރިބާކާރުން ހޯދުމަށް ސަރުކާރަށް އަމުރުކޮށްފައެވެ.

ތާޖް މަހަލްއާއި ކައިރި ހިސާބުތަކުގައިހުރި އެތައް ހާސް ފެކްޓަރީތަކެއް ސަރުކާރުން ކުރިންވަނީ ބަންދުކޮށްފައެވެ. ނަމަވެސް އެކްޓިވިސްޓުން އަދިވެސް ބުނަމުންދަނީ މާބްލްތަކުގެ ކުލަ ބަދަލުވަމުންދާކަމަށެވެ

މިއީ މުޣަލް ރަސްގެފާނު ޝާހް ޖަހާން، އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަޙަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގާ ބިނާ ކުރެއްވި ލޯބީގެ ބިނާއެކެވެ.

ތާޖު މަހަލް ބިނާކުރުމުގެ މަސައްކަތް ފަށާފައިވަނީ 1632 ވަނަ އަހަރުއެވެ. މުޅި އިމާރާތް އެއްކޮށް ބިނާކޮށް ނިމިފައިވަނީ 1653 ގައެވެ. މި އިމާރާތުގެ މަސައްކަތުގައި ވިހި ހާހަށް ވުރެ ގިނަ މީހުން އުޅެފައިވެއެވެ.

- ކޮމެންޓް