ކ. މާލެ
|
1 މެއި 2018 | އަންގާރަ 23:37
މިސްކިތުގެ އެތެރެއާއި ބޭރުގައި ގޮވުންތައް ގޮވާފައިވަނީ މެންދުރު ނަމާދަށް ތައްޔާރުވަމުން ދަނިކޮށް
މިސްކިތުގެ އެތެރެއާއި ބޭރުގައި ގޮވުންތައް ގޮވާފައިވަނީ މެންދުރު ނަމާދަށް ތައްޔާރުވަމުން ދަނިކޮށް
ޓޮޒާލީ އޮންލައިން
ބޮކޯ ހަރާމްގެ ހަމަލާތައް
ނައިޖީރިއާގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 20 އަށްވުރެ ގިނަ މީހުން މަރާލައިފި
މަދުވެގެން 24 މީހުން މަރާލައިފިކަމަށް ރިޕޯޓްތައް ބުނޭ
ފުލުހުން ތުހުމަތު ކުރަނީ ބޯކޯ ހަރާމްގެ ހަމަލާއެއްކަމަށް

ނައިޖީރިއާގެ އިރު އުތުރުގެ ޓައުނެއްކަމަށްވާ މޫބީގެ މިސްކިތެއްގައި ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން 24 މީހުން މަރާލައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިސްކިތުގެ އެތެރެއާއި ބޭރުގައި ގޮވުންތައް ގޮވާފައިވަނީ މެންދުރު ނަމާދަށް ތައްޔާރުވަމުން ދަނިކޮށެވެ. އަދަމަވާ ސްޓޭޓްގެ ފުލުހުން ބުނީ މި ހަމަލާގެ ފަހަތުގައިވަނީ ހަނގުރާމަވެރި ބޯކޯ ހަރާމް ޖަމާއަތްކަމަށް ތުހުމަތުކުރެވޭކަމަށެވެ.

އެ ޖަމާއަތުން 2009 ވަނަ އަހަރުން ފެށިގެން ގެންދަނީ އިސްލާމުންގެ ނަމުގައި ހަރުކަށި ފިކުރުގެ ދައުލަތެއް ގާއިމް ކުރުމަށް މަސައްކަތްކުރަމުންނެވެ. މި ހަމަނުޖެހުންތަކުގައި 20،000 އަށްވުރެ ގިނަ މީހުން މަރުވެ ދެ މިލިއަނަށްވުރެ ގިނަ މީހުން ވަޒަން ދޫކޮށްދިއުމަށް ވަނީ މަޖުބޫރުވެފައެވެ.

ސްޓޭޓް ޕޮލިސް ކޮމިޝަނަރ އަބްދުﷲ ޔެރިމާ ވިދާޅުވީ ފުރަތަމަ ހަމަލާދިނީ އެ ގައުމުގެ ގަޑިން މެންދުރު 1:00 ހާއިރު ކަމަށާއި ދެވަނަ މީހާ ބޮން ގޮއްވާލާފައިވަނީ ނަމާދަށް ދިޔަ މީހުން ހަމަލާއިން ސަލާމަތްވުމަށް ދުއްވައިގަތުމުން ކަމަށެވެ.

މި ހަމަލާގައި އެތައް ބަޔަކު ޒަޚަމްވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް