ކ. މާލެ
|
1 މެއި 2018 | އަންގާރަ 09:33
ފައިސާ ލިބިގެންދާނީ އޮންޓާރިއޯ ހިއުމަން ރައިޓްސް ޓްރައިބިއުނަލްގައި އެ ޝަކުވާ އުފުލި ކަސްޓަމަރ އެމިލް ވިކަމްއަށް
ފައިސާ ލިބިގެންދާނީ އޮންޓާރިއޯ ހިއުމަން ރައިޓްސް ޓްރައިބިއުނަލްގައި އެ ޝަކުވާ އުފުލި ކަސްޓަމަރ އެމިލް ވިކަމްއަށް
ބީބީސީ
ނަސްލީ ތަފާތުކުރުން
ކަޅު ނަސްލުގެ ކަސްޓަމަރަކަށް ވީތީ ކުރިއާލައި ފައިސާ ނެގުމުން ރެސްޓޯރަންޓެއް ޖޫރިމަނާކޮށްފި
ހޮންގ ޝިންގ ރެސްޓޯރަންޓު ވަނީ 10،000 ކެނޭޑިއަން ޑޮލަރުން ޖޫރިމަނާކޮށްފައި
ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވިކަމް ވަނީ މައްސަލަ ހުށަހަޅާފައި

ކަޅު ނަސްލުގެ ކަސްޓަމަރަކަށް ވީތީ ކެއުމުގެ ކުރިން އަގު ނެގި ރެސްޓޯރެންޓަކުން ކޮށްފައިވާ ކަމަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކެނެޑާގެ ހިއުމަން ރައިޓްސް ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.

ޓޮރޮންޓޯގެ ޗައިނާ ޓައުންގައި ހުންނަ ހޮންގ ޝިންގ ރެސްޓޯރަންޓް ވަނީ 10،000 ކެނޭޑިއަން ޑޮލަރު (8،000 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކޮށްފައެވެ.

މި ފައިސާ ލިބިގެންދާނީ އޮންޓާރިއޯ ހިއުމަން ރައިޓްސް ޓްރައިބިއުނަލްގައި އެ ޝަކުވާ އުފުލި ކަސްޓަމަރ އެމިލް ވިކަމްއަށެވެ.

ޓްރައިބިއުނަލްގައި އޭނާ ބުނި ގޮތުގައި އެކުވެރިޔަކާ އެކު އޭނާ ގޮސް އިށީންއިރު އެތަނުގައި ކަޅު ނަސްލުގެ ބަޔަކަށް ތިބީ އެ މީހުން އެކަނި ކަމަށެވެ. އެއާ އެކު އެތަނުގެ އުސޫލު ހަމަޖެހިފައި އޮންނަ ގޮތަކީ ކެއުމުގެ ކުރިން އެޑްވާންސްކޮށް އަގު ދެއްކުން ކަމަށް ވެއިޓަރު އެމީހުން ގާތުގައި ބުނެފައި ވާކަމަށެވެ. ފައިސާ ދެއްކި ނަމަވެސް އެއީ އެކަން އޮންނަ ގޮތްތޯ އެހެން ކަސްޓަމަރުންގެ ގާތުގައި އޭނާ އެހި ކަމަށާއި އެހެން މީހުންނަށް ފައިސާ ދައްކަން ނުޖެހޭ ކަމަށް އެހެން ކަސްޓަމަރުން މައުލޫމާތު ދިން ކަމަށް އޭނާ ޓްރައިބިއުނަލްގައި ބުނެފައިވެއެވެ.

ވެއިޓަރުގެ ގާތުގައި ޝަކުވާކުރުމުން ފައިސާ އަނބުރާ ދިން ކަމަށާއި އެ އަށް ފަހު އެމީހުން ނުކުތީ ކަމަށް އޭނާ ބުނެފައިވެއެވެ.

ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވިކަމް ވަނީ ހިއުމަން ރައިޓްސް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައެވެ.

މި މައްސަލައިގައި ރެސްޓޯރަންޓުން ފަހުން ބުނެފައި ވަނީ އެ ރެސްޓޯރަންޓުން އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން އާއްމުކޮށް އެތަނަށް ވަދެއުޅޭ ކަސްޓަމަރުން ފިޔަވައި އެހެން ކަސްޓަމަރުންގެ އަތުން ކުރިއާލައި ފައިސާ ނަގަން ނިންމާފައިވާ ކަމަށާއި އެކަން ކުރަނީ ކެއުމަށް ފަހު ބިލް ނުދައްކައި ފިލުން ހުއްޓުވުމަށް ކަމަށެވެ.

ނަމަވެސް މައްސަލަ ބެއްލެވި އަޖޫޑިކޭޓަރ ވަނީ ދެން ތިބި ކަސްޓަމަރުންނަކީ އާއްމުކޮށް ވަދެ އުޅޭ ބައެއް ކަން އެނގޭނެ ހެއްކެއް ނެތް ކަމަށާއި އަދި އެއީ ރަސްމީ އުސޫލެއް ކަން  އެނގެން ނެތް ކަން ފާހަގަކުރައްވާފައެވެ. 

- ކޮމެންޓް