ކ. މާލެ
|
1 މެއި 2018 | އަންގާރަ 05:16
ޑެންގީ ހުން ފަތުރާ މަދިރި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން
ޑެންގީ ހުން ފަތުރާ މަދިރި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން
ރޮއިޓަރސް
ޑެންގީ ބަލިފެތުރުން
ޑެންގީ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އަންގައިފި
އެކި ސަރަޙައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފަ

ރާއްޖޭގެ އެކި ސަރަޙައްޑުތަކުގައި ޑެންގީ ހުން ފެތުރެމުންދާތީ އެ ބައްޔާއިމެދު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި އެ އޭޖެންސީއިން ބުނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ކޮންމެ އަހަރަކުވެސް މޭ މަހާއި އޯގަސްޓް މަހާއި ދެމެދު ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވެގެންދާއިރު، މި އަހަރުވެސް އެ މުއްދަތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ބަލި ފެތުރޭ މިންވަރު އިތުރުވެގެންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، ޑެންގީ ހުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގަޔާއި ބޯ އަދި ލޮލުގައި ރިއްސުމާއި، ހަންގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. ހުމުގެ އަލާމާތްތައް ފެންނަ ނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، އަރާމުކުރުމުގެ އިތުރުން ފެރެސެޓްމޯލް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާއިރު، ތިން ދުވަހަށްވުރެ ދިގު މުއްދަތަކަށް ހުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށްވެސް އެ އޭޖެންސީން ވަނީ އެދިފައެވެ.

މި ހުމަކީ ވަކި ވައްތަރެއްގެ މަދިރިއެއް ފަތުރާ ބައްޔަކަށް ވުމުން، ބަލިން ރައްކާތެރިވުމަށް، ގެޔާއި ގޯތިތެރޭގައި ފެންހަރުލާފައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލައި ހަށިގަނޑު ވީހާވެސް ބޮޑަށް ނިވާކުރެވޭ ފަދަ އަންނައުނު ލުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް