ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 11:27
އިންޑިއާގެ އަވަށަކަށް ކަރަންޓް ދީފައި
އިންޑިއާގެ އަވަށަކަށް ކަރަންޓް ދީފައި
ދަ ނިއު އިންޑިއަން އެކްސްޕްރެސް
އިންޑިއާ
އިންޑިއާގެ ހުރިހާ އަވަށްތަކަށް ކަރަންޓް ދީފި
އަވަށްތަކަށް ކަރަންޓް ދީ ނިންމާލާފައި ވަނީ ހޮނިހިރު ދުވަހު

އަވައްޓެރި އިންޑިއާގެ ހުރިހާ އަވަށަކަށް ކަރަންޓްދީ ނިންމާލާފައި ވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 28 އެޕްރީލަކީ އިންޑިއާގެ ތާރީޚީ ދުވަހެއް ކަމަށާއި އިންޑިއާގެ ތަރައްގީގެ މަގުގައި އާއުސްމިނަކަށް ދަތުރުކުރެވުނު ދުވަހެއް ކަމަށެވެ.

އިންޑީއާގެ ރައްޔިތުންގެ އެދުން ފުރިހަމަ ކުރެވިއްޖެ ކަމަށާއި އަދި އެންމެ ކުޑަ އަވަށުގައި ވެސް މިހާރު ކަރަންޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯދީ ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ. މޯދީ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އެންމެ ފަހުން އިންޑިއާގައި ކަރަންޓްދީފައި ވަނީ  ވަކިން އޮންނަ އަވަށެއް ކަމަށްވާ މަނިޕޫރު އަވަށަށް ކަމަށެވެ.
އިންޑިއާގެ ބޮޑު ވަޒީރުކަމުގެ މަގާމަށް މެއި، 2014 ގައި ވަޑައިގަތުމަށް ފަހު ވަނީ އިންޑިއާގެ ކޮންމެ އަވަށަކަށް ކަރަންޓް ދިނުމަށް މަސައްކަތް ފަށާތާ 1000 ދުވަހުގެ މުހުލަތެއް ދެއްވައިފައެވެ. އަދި މި ލަނޑުދަނޑި ހާސިލް ކުރުމަށް ސްޓޭޓްތަކުގެ ސަރުކާރުން މަސައްކަތްކޮށް ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އިންޑިއާގެ 597،000 އަށް ވުރެ ގިނަ އަވަށް އޮންނައިރު މޯދީގެ ސިޔާސަތު އެކުލަވާލެއްވިއިރު ކަރަންޓް ނުދީ ބާކީ އޮތީ 18،452 އަވަށެވެ. މިމަސައްކަތް ފަށާފައި ވަނީ 15 އޮގަސްޓް 2015 ގައެވެ. އަދި ނިންމާލާފައި ވަނީ މަސައްކަތް ނިންމަން ކަނޑައެޅި 1000 ދުވަހުގެ ތެރެއިން 12 ދުވަސް ކުރިންނެވެ.

މުޅި އިންޑިއާ އަށް ކަރަންޓް ދީފައިވާކަން މޯދީ އިއުލާންކުރެއްވިއަސް ކަރަންޓް ދީފައިވާ އަވަށްތަކުގެ ގެތަކަށް ކަރަންޓް ދީފައި ވަނީ ގާތްގަނޑަކަށް 10 ޕަސެންޓެވެ. ކަރަންޓްދީފައި ވަނީ އަވަށްތަކުގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ޒަރޫރީ ބޭނުމަށް ބޭނުންކުރާ ތަންތަނަށެވެ. އެހެން ނަމަވެސް 2019 އައުމުގެ ކުރިން އިންޑިއާގެ އައްސޭރި ފަށުގައި ދިރިއުޅޭ 40 މިލިއަން އާއިލާތަކަށް ކަރަންޓުގެ ޚިދުމަތް ދެވިގެންދާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

- ކޮމެންޓް