ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 11:24
ައެމްބަރ ރުޑް
ައެމްބަރ ރުޑް
ގެޓީ އިމޭޖަސް
އެމްބަރ ރުޑް އިސްތިފާ ދީފި
ސަރުކާރު ހޫނުފެނަށް ވެއްޓިފައިވަނިކޮށް ޔޫކޭގެ އިންޓީރިއާ މިނިސްޓަރ މަގާމުން އިސްތިއުފާ ދެއްވައިފި
އިމިގްރޭޝަން ގާނޫނު މާ ބޮޑަށް ހަރުކަށި
ސަރުކާރުން ވަނީ އިސްތިއުފާ ގަބޫލްކޮށްފައި

އިނގިރޭސި ވިލާތުގެ އިމިގްރޭޝަން ސިސްޓަމް ފެއިލްވުމާ ގުޅިގެން ސަރުކާރު ހޫނުފެނަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި އިންޓީރިއާ މިނިސްޓަރ، އެމަބަރ ރުޑް، އިސްތިއުފާ ދެއްވައިފިއެވެ.

މިނިސްޓަރ އިސްތިއުފާ ދެއްވާފައި މި ވަނީ ހުއްދައަކާ ނުލައި އުޅޭ މީހުން ގައުމުން ބޭރުކުރުމަށް ހެދި ހަރުކަށި އުސޫލުގެ ސަބަބުން ގައުމުގައި ދިރިއުޅުމުގެ ހުއްދަ ދާއިމީކޮށް ލިބިފައިވާ އަދި ޔޫކޭގެ ރައްޔިތަކަށް ލިބިދޭ އަސާސީ ހިދުމަތް ލިބިދޭ ވިންޑްރަޝް މީހުން ގައުމުން ބޭރުކުރެވި އަސާސީ ޚިދުމަތްތައް ލިބުމުގައި އެމީހުންނަށް ހުރަސް އަޅާފައި ވަނިކޮށެވެ.

ބޮޑުވަޒީރު، ތެރެސަރ މޭ ވަނީ އިންޓީރިއާ މިނިސްޓަރުގެ އިސްތިއުފާ ގަބޫލު ކުރައްވާފައެވެ.

މިމައްސަލައިގައި މުޅި ގައުމު ހަލަބޮލިވެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ވިންޑްރަޝްގެ މައްސަލައާ ގުޅޭ ގޮތުން ރުޑް ވަނީ ހޯމަ ދުވަހު ޕާލިމެންޓްގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައެވެ.

ވިންޑްރަޝް މީހުން ގައުމުން ބޭރުކުރެވި އަސާސީ ޚިދުމަށް ލިބުމުގައި ހުރަސް އެޅިފައި ވަނީ އިމުގައި ރަށްވެއްސެއްކަން ސާބިތު ކޮއްދިނުމަށް ބަޔާން ކޮށްފައިވާ މިންވަރަށް ލިޔެކިޔުންތައް ނެތުމުންނެވެ. ވިންޑްރަޝް މީހުން ޔޫކޭގައި ވަޒަންވެރިވެފައި ވަނީ މީގެ 78 އަހަރު ކުރިން ފެށިގެންނެވެ. އެންމެ ފަހުން އާބާދުވި މީހުން ވެސް އާބާދުވިތާ 38 އަހަރު ވެއްޖެއެވެ. ވިންޑްރަޝް މީހުންނަކީ ދެވަނަ ބޮޑުހަނގުރާމައިގައި ލިބުނު ގެއްލުން ފޫބައްދައި އުމްރާނީ މަސައްކަތް ކުރުމަށް ކެރީބިއަން އައިލެންޑްސްއިން ޝައުގުވެރިވި ފަރާތްތަކަށް ޔޫކޭއިން ހުޅުވާލި ފުރުސަތުގައި، ޔޫކޭގެ ސަރުކާރުގެ ބެލުމުގެ ދަށުން އެގައުމަށް ގެނައި ބައެކެވެ. އެމީހުންނަށް ވިންޑްރަޝް މީހުންނޭ ކިއުނީ ކެރީބިއަން އައިލެންޑްސް އިން ފުރަތަމަ މީހުން ގެނައި ބޯޓްގެ ނަމާ ގުޅުވައިގެންނެވެ. އެމީހުން ގައުމަށް ގެނެސްފައި މިވަނީ 1948 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރާ ދެމެދުގައެވެ.

ހޯމް ސެކެޓްރީކަމުގައި ތެރެސަރ މޭ ހުންނެވި އިރު 2010 ވަނަ އަހަރު، ވަނީ ވިންޑްރަޝް މީހުން އެތެރެވި ތާރީޚްތަކާއި އެހެނިހެން މައުލޫމާތުތައް ފުހެލާފައެވެ.

ވިންޑްރަޝް މީހުންނަށް ބޭއިންސާފުން ކަންތައްތައް ކުރަމުން ދާކަމުގެ ވާހަކަ ފެންމަތިވީ ނޫސްތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ރުޑް ވިދާޅުވެފައި ވަނީ މިހާތަނަށް ވިންޑްރަޝް މީހުން ގައުމުން ބޭރު ކޮއްލެވިފައިވާ އަދަދެއް ނޭނގޭ ކަމަށެވެ.

 

- ކޮމެންޓް