ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 13:47
ތިން ގައުމުގެ ޚާރިޖީ ވަޒީރުން
ތިން ގައުމުގެ ޚާރިޖީ ވަޒީރުން
އެންޑްރެއި އަކުލޮވް / ސްޓެރެޓެޖިކް ކަލްޗަރ
ރަޝިއާ - ސީރިއާ
އެމެރިކާއިން އުޅެނީ ސީރިއާ ބައިބައި ކުރަން: ރަޝިޔާ
އެމެރިކާގެ މިސައިލް ހަމަލާ ގާނޫނީ ހަމަތަކަށް ނުފެތޭ
ސީރިއާގައި މެދުވެރިއެއްގެ ރޯލް އަދާ ކުރަން ބޭނުން
ސީރިއާ އޮންނަން ވާނީ އެއްދައުލަތެއްގެ ގޮތުގަ

އެމެރިކާއިން ސީރިއާ ބައިބައި ކުރަން އުޅޭކަމަށް ތުހުމަތު ކޮށް، އެގައުމަށް ދިން މިސައިލް ހަމަލާތަކަކީ ބައިނަލް އަގްވާމީ ގާނޫނާ ޚިލާފް އަމަލުތަކެއް ކަމަށް ވިދާޅުވެ ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގެ ލަވްރޮވް އެމެރިކާއަށް އަށް ވަރަށް ބޮޑަށް ފާޅު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފާޑު ވިދާޅުވެފައި މިވަނީ ތުރުކީ އަދި އިރާންގެ ފޮރިން މިނިސްޓަރާއެކު މޮސްކޯގައި ބޭއްވި ބައްދަލުވުމުގައެވެ.

ބައްދަލުވުމުގެ މަގްސަދަކީ ކަޒަކަސްތާނުގައި އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ 'އަސްޓަނާ ޓޯކްސް' ބޭއްވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވުމާއި ބެހޭ ގޮތުން ވާހަކަދެއްކުމެވެ.

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އަސްޓަނާ ޓޯކްސްގައި ސިޔާސީ ވާހަކައިގެ އިތުރުން އިންސާނީ އެހީއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރަޝިއާ، ތުރުކީ އަދި އީރާނުން ވަނީ މެދުވެރިއްގެ ރޯލް ސީރިއާ ސަރުކާރާއި އިދިކޮޅުފަރާތްތަކުގެ މަޝްވަރާތަކުގައި އަދާ ކުރުމަށް ޝައުގްވެރިވާކަން ފާޅު ކޮއްފައެވެ.

އެގައުމުތަކުން ބުނާ ގޮތުގައި އަސްޓަނާއަކީ ސީރިއާގައި ހަމަޖެހުން ގާއިމް ކުރުމަށް މިހާރު އޮތް އެންމެ ބޮޑު އެއް ދޮރެވެ.

ބައްދަލުވުމުގައި ތިން މިނިސްޓަރުން ވެސް ވަނީ ސީރިއާއަކީ އެއްދައުލަތެއްގެ ގޮތުގައި އޮންނަން ޖެހޭނެ ތަނެއްކަމުގައި ބުނެފައެވެ.

- ކޮމެންޓް