ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 18:12
ނީލްސް ހޯގްލް ޝަރީއަތުގެ މަޖިލީހުގައި މޫނު ފޮރުވައިގެން
ނީލްސް ހޯގްލް ޝަރީއަތުގެ މަޖިލީހުގައި މޫނު ފޮރުވައިގެން
އޭޕީ
ނަރުހަކު މީހުން މެރުން
ޖަރުމަނުގެ ނަރުހަކު މެރި މީހުންގެ އަދަދު 98 ށް!
މިހާރުވެސް އޭނާ ގެންދަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން

ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ޖަރުމަނުގެ ފިރިހެނަކު މެރި މީހުންގެ އަދަދު 98 ށް އަރައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ނީލްސް ހޯގްލް ނަމަކަށް ކިޔާ މިމިހާ މި އެންމެން މަރާފައިވަނީ ދެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރި ދުވަސްވަރުއެވެ. މިހާރުވެސް އޭނާ ގެންދަނީ އޭނާގެ މައްޗަށް މިހާތަނަށް ސާބިތު ވެފައިވާ މަރުގެ ދެ މައްސަލަ އެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންނެވެ.

ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި އިރު 97 މީހަކު މަރާފައިވާ ކަމަށް އޭނާގެ މައްޗަށް މި އަހަރުގެ ކުރީ ކޮޅު ވަނީ ތުހުމަތު ކުރެވިފައެވެ. މިކަން މިހެން އޮއްވާ ތުހުމަތު ކުރެވޭ އެހެން މަރަކާ ގުޅިގެން ކުރެވުނު ތަހުގީގު ތަކުން އެ މަރަކީވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރެއް ކަމަށް ހެކި ލިބުމާ ގުޅިގެން މިހާރު އޭނާގެ މައްޗަށް ކުރާ މަރުގެ ތުހުމަތުގެ އަދަދު 98 ށް އަރާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކުރިން އޭނާގެ މައްޗަށް ސާބިތުވެފައިވާ މަރުގެ މައްސަލައިގެ އިތުރުން މިހާރު ކުރެވިފައިވާ އިތުރު މީހުން މެރުމުގެ ތުހުމަތުގެ ޝަރީއަތް މި އަހަރުގެ އޮކްޓޯބަރު މަހު ޖަރުމަނުގެ އޯލްޑެންބާރގް ގައި ފެށުމަށް ތާވަލް ކުރެވިފައިވާ ކަމަށް ޖަރުމަނުގެ ނޫހެއް ކަމަށް ވާ ޑީޕީއޭ އިން ހާމަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް