ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 09:40
އޮޅުހަލިން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު މާލެއަށް ގެނައުން
އޮޅުހަލިން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު މާލެއަށް ގެނައުން
ރާއްޖެއެމްވީ
ބިދޭސީއަކު މަރުވުން
އޮޅުހަލިން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގެއްލުނީ ބުދަ ދުވަހުގެރޭ
ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު
ހަށިގަނޑު ފެނުނީ ކަނޑުގެ 7 މީޓަރު އަޑިން

ކ. އޮޅުހަލީގައި ތަރައްޤީކުރަމުންދާ ރިސޯޓަކުން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާ މަރުވެފައި އޮއްވައި ކަނޑު އަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ ވިދާޅުވީ، ބުދަ ދުވަހުގެރެއިން ފެށިގެން ހޯދަމުންދިޔަ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 7 މީޓަރު އަޑިން، ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 ހާއިރު ކަމަށެވެ.

ހަށިގަނޑު ފެނިފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ކޯސްޓްގާޑްގެ ޑައިވަރުންނަށެވެ.

ކޯސްޓް ގާޑުން ވަނީ އެމީހާގެ ހަށިގަނޑު ބުރާސްފަތި ދުވަހުގެ ހެނދުނު 09:15 ހާއިރު މާލެ ގެނެސްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް