ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 22:52
ގަތުލު އާއްމުގައި 100 ދުވަހުގެ ތެރޭ 800،000 އެއްހާ މީހުން މަރާލާފައިވޭ
ގަތުލު އާއްމުގައި 100 ދުވަހުގެ ތެރޭ 800،000 އެއްހާ މީހުން މަރާލާފައިވޭ
އޭއެފްޕީ
ރުވާންޑާގެ ގަތުލު އާއްމު
ރުވާންޑާގެ ގަތުލު އާއްމު: އެ ދުވަސްވަރުގެ ބޮޑު ހަތަރު ކަށްވަޅެއް ފެނިއްޖެ
ގަތުލު އާއްމު ފުޅާކުރުމުގައި ދައުލަތުގެ ރޭޑިއޯ ބޮޑު ދައުރެއް އަދާކޮށްފައިވޭ
އެންމެ ފަހުން ވަނީ ޓްރުތު އެންޑް ރިކޮންސިލިއޭޝަންއަކަށް ގޮސްފައި

ރުވާންޑާގައި 1994 ވަނަ އަހަރު ހިންގާފައިވާ ގަތުުލު އާއްމުުގެ ދުވަސްވަރުގެ ކަށްވަޅުތަކެއް ކަމަށް ބެލެވޭ ބޮޑު ހަތަރު ކަށްވަޅެއް އެ ގައުމުން ފެނިއްޖެއެވެ.

ވެރިރަށް ކިގާލީގެ ބޭރުން އޮންނަ ގަސަބޯ ޑިސްޓްރިކްޓުން ފެނުނު މި ކަށްވަޅުތަކުން 200 އެއްހާ މީހުންގެ ހަށިގަނޑު ނަގާފައިވެއެވެ.

ރުވާންޑާގެ ގަތުލުއާއްމުގައި 3،000 އެެއްހާ މީހުން އަދިވެސް ނުފެނިވާއިރު އެ ގައުމުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މި ވަޅުުތަކުގައި އެ އެންމެންގެ ހަށިގަނޑުވާނެއެވެ.

ތުތުސީންނާއި މެދުމިނުގެ ހުއްތޫސް ދަރިކޮޅުގެ 800،000 އެއްހާ މީހުން 100 ދުވަހުގެ ތެރޭގައި ހުއްތޫ އަސްކަރިއްޔާއިން ވަނީ މަރާފައެވެ.

މި ކަށްވަޅުތައް ފެނިފައި މިވަނީ ގަތުލު އާއްމު ފެށުނު ދުވަސް ހަނދާން އާކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވިތާ ދެ ހަފްތާ ތެރޭގައެވެ.

އެ ގަތުލު އާޢްމުގެ ގިނަ ބައިވެރިން މިހާރު ވަނީ ހުކުމް ތަންފީޒުކުުރުމަށް ފަހު ޖަލުން މިނިވަންވެފައެެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް