ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 13:28
ނޭޕާލުގައި ބޭއްވި، 18 ވަނަ ސާކް ސަމިޓްގައި ގައުމުތަކުގެ ލީޑަރުން
ނޭޕާލުގައި ބޭއްވި، 18 ވަނަ ސާކް ސަމިޓްގައި ގައުމުތަކުގެ ލީޑަރުން
ސާކް ސެކްރެޓޭރިއެޓް
ސާކްގެ މައްސަލަ
އިންޑިއާއިން ސާކް ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ކުޑަ: މަސްދަރުތައް
މި އަހަރު ސާކް ސަމިޓް ބާއްވަން ހަމަޖެހިފައި އޮތީ އިސްލާމްްއާބަދުގައި

ޕާކިސްތާނުގެ އިސްލާމްއާބާދުގައި މި އަހަރު ބޭއްވުމަށް ތާވަލު ކޮށްފައިވާ ސާކް ސަމިޓްގެ 20 ވަނަ ބައްދަލުވުމުގައި އިންޑިއާއިން ބައިވެރިވުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެ ދެ އަހަރު ކުރިން ޕާކިސްތާުނުގައި ބޭއްވުމަށް ހަމަޖެއްސި ސާކްގެ ބައްދަލުވުން ވެސް އިންޑިއާއިން ވަނީ ބޮއިކޮޓް ކޮށްފައެވެ.

ބައެއް މަސްދަރުތަކާއި ހަވާލާދީ އިކޮނޮމިކް ޓައިމްސް ރިޕޯޓް ކޮށްފައިވާ އިންޑިއާއިން ވަނީ ޓެރެރިޒަމާއި މަޝްވަރާ އެކުއެކީގައި ކުރިޔަށް ނުދާނެ ކަމަށް ބުނެފައެވެ.

ޕާކިސްތާނުންގެންދަނީ މިއަހަރު އިސްލާމްއާބާދުގައި ސާކްސަމިޓް ބޭއްވުމަށް ދެކުނު އޭޝިއާގެ ކުދި ބައެއް ގައުމުތަކުގެ ތާއީދު ހޯދަމުންނެވެ. ސްރީ ލަންކާއާއި ނޭޕާލުން މިހާރު ވެސް ޕާކިސްތާނުގެ ނިންމުމަށް ތާއީދު ކޮށްފައިވާ ކަމަށް އިކޮނޮމިކް ޓައިމްސްގައި ރިޕޯޓްކޮށްފައިވެއެވެ.

އެންމެ ފަހުން ބާއްވަން އުޅުނު ސާކް ސަމިޓް އިންޑިއާއިން ބޮއިކޮޓް ކުރީ، އިންޑިއާއިން ވެރިކަން ކުރާ ކަޝްމީރު ފަޅީގެ އޫރީގައި ހުރި ސިފައިންގެ ބޭހަކަށް ހަތަރު ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އިންޑިއާ ސިފައިންގެ 18 މީހުން މަރާލި މައްސަލާގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ޕާކިސްތާން އެކަހެރި ކުރުމަށް އިންޑިއާއިން އަޅަން ފެށި ފިޔަވަޅުތަކުގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ފިޔަވަޅުގެ ގޮތުގައެވެ.

އިންޑިއާއިން އެކަން އިއުލާނުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.އިންޑިއާގެ ފަހަތުން އިތުރު ގައުމުތަކުން ސަމިޓް ބޮއިކޮޓްކުރުމުން އެ އަހަރުގެ ސަމިޓްވަނީ ނުބޭއްވިފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް