ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 13:47
ދެ ލީޑަރުންނަށް ކޮރެއަން ޕެނިންސިއުލާގެ އެކި ކަންކޮޅުތަކުގެ ފަރިއްކޮޅުތައް އެރުވޭނެ
ދެ ލީޑަރުންނަށް ކޮރެއަން ޕެނިންސިއުލާގެ އެކި ކަންކޮޅުތަކުގެ ފަރިއްކޮޅުތައް އެރުވޭނެ
ގެޓީ އިމޭޖަސް
ދެ ކޮރެއާގެ ބައްދަލުވުން
ދެ ކޮރެއާގެ ބައްދަލުވުމުގައި ކިމް ޖޮންގް އުން ފަރިއްކޮޅަށް ސުވިޒަލޭންޑްގެ ކެއުމެއް
ދެގައުމުގެ ވެރިން އެންމެ ފަހުން ބައްދަލުކުރެއްވީ 2007 ވަނަ އަހަރު
ދެ ކޮރެއާގެ ބައްދަލުވުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދެ ކޮރެއާގެ ވެރިންގެ ބައްދަލުވުމުގައި އުތުރު ކޮރެއާގެ ލީޑަރުގެ ފަރިއްކޮޅަކަށް ސުވިޒަލޭންޑްގައި އަލުވިން ތައްޔާރު ކުރާ ކެއުމެއް ކިމްއަށް އެރުވުމަށް ދެކުނުކޮރެއާއިން ނިންމައިފިއެވެ..

މި ލުއި ކެއުން އެރުވުމަށް ހަމަޖެއްސީ ކިމް ޅަފަތުގެ ދުވަސްވަރު ހަދާންތައް އާލާކޮށްދިނުމަށެވެ. ކިމްގެ ޅަފަތުގެ ދުވަސް ވަރު ތައުލީމް ހާސިލް ކުރެއްވުމަށް އުޅުއްވީ ސުވިޒަލޭންޑްގައި ކަމަށް ބުނެވެއެވެ.

އުތުރު ކޮރެއާގެ އެއްވެސް ވުޒާރާއަކުން މިހާތަނަށް ކިމް ކިޔަވާވިދާޅުވީ ސުވިޒަލޭންޑުންކަމެއް ކަށަވަރު ކޮއްދީފައެއް ނުވެއެވެ.

ދެކުނުކޮރެއާގެ ރައީސް އަށް އަމާޒް ކޮށްގެން ވެސް ކާނާގެ ބާވަތްތައް ވަނީ ތައްޔާރު ކުރަން ހަމަޖެހިފައެވެ. މޫން ޖެއި އިންއަށް ޚާއްސަ ކެއުމަކަށް، އުޅެ ބޮޑުވި ސަރަހައްދުގައި ކައި އުޅޭ މަހުގެ ފަރިއްކޮޅެއް ތައްޔާރު ކުރާނެއެވެ.

ދެ ކޮރެއާގެ ލީޑަރުން އަންނަ ހަފްތާގައި ބައްދަލުކުރާއިރު މިއީ 2007 ވަނައަހަރަށް ފަހު ދެ ގައުމުގެ ލީޑަރުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އަދި 1950 އާއި 1953 އާއި ދެމެދު ކުރި ކޮރެއާ ހަނގުރާމައަށް ފަހު ދެ ގައުމުގެ ލީޑަރުން ބައްދަލުކުރައްވާ ތިންވަނަ ފަހަރެވެ.

ބައްދަލުވުމުގައި ނިއުކްލިއަރ ހަތިޔާރުގެ މައްސަލައާއި މިސައިލް ޕްރޮގްރާމާއި ބެހެގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް