ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 13:15
ލީޑްސް ޔުނައިޓެޑުން ބުނަނީ އެ ދަތުރުން އެޓީމަށް އިތުރު ސަޕޯޓަރުން ހޯދޭނެ ކަމަށް
ލީޑްސް ޔުނައިޓެޑުން ބުނަނީ އެ ދަތުރުން އެޓީމަށް އިތުރު ސަޕޯޓަރުން ހޯދޭނެ ކަމަށް
ރޮއިޓަރސް
ރޮހިންޖާ މުސްލިމުން
ސީޒަން ބްރޭކް ޓުއަރގައި ލީޑްސް ޔުނައިޓެޑް މިޔަންމާއަށްދާތީ ފާޑުކިޔުން
ރަޚައިން ސްޓޭޓްގައި ހިންގާފައިވަނީ ނަސްލު ނައްތާލުން:އދ
700،000 އެއްހާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކުރި

އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ކުލަބް، ލީޑްސް ޔުނައިޓެޑުން ސީޒަން ނިންމާލުމަށް ފަހު އޮންނަ ޓުއަރގައި މިޔަންމާއަށް ގޮސް އެ ގައުމުގައި ދެ މެޗެއް ކުޅުމަށް ހަމަޖައްސާފައި ވާތީ އެ ޓީމަށް ފާޑުކިޔުންތައް އަމާޒުވެެއްޖެއެވެ.

އެ ޓީމަށް ފާޑުކިޔުން އަމާޒުވީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ކުރާ ދަތުރެއް ކަމަށް ބުނެއެވެ.

ނޮބެލް ސުލްހައިގެ އިނާމް ލިބިވަޑައިގެންފައިވާ މިޔަންމާގެ ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫކީއަށް ވަނީ އެ ގައުމުގެ އަސްކަރިއްޔާއިން މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާތަކާއި ގުޅިގެން ބައިނަލްއަގްވާމީ ދުނިޔޭގެ ނުރުހުމާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

ލީޑްސް ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗުގައި މެއި މަހުގެ 9 ވަނަ ދުވަހު ޔަންގޮންގައި ބައްދަލު ކުރާނީ އެ ގައުމުގެ ނޭޝަނަލް ލީގުގެ މޮޅެތި ކުޅުންތެރިންގެ ތެރެއިން ހޮވާލެވޭ ޓީމަކާއިއެވެ. ދެވަނަ މެޗް މެއިމަހުގެ 11 ވަނަ ދުވަހު އެގައުމުގެ ގައުމީ ޓީމާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗް ކުޅޭނީ މެންޑަލޭގައެވެ.

މިދިޔަ އަހަރުގެ އޯގަސްޓްމަހު މިޔަންމާގެ ރަޚައިން ސްޓޭޓްގައި މިޔަންމާގެ އަސްކަރިއްޔާއިން ހިންގަންފެށި ލާއިންސާނީ އަނިޔާތަކާއި ގުޅިގެން އެގައުމު ދޫކޮށް އަވަށްޓެރި ބަންގްލަދޭޝައަށް 700،000 އެއްހާ މީހުން ހިޖުރަ ކޮށްފައިވެއެވެ.

އެ ޖަރީމާތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެއްްގެ ގޮތުގައި އދން ސިފަކޮށްފައިވާއިރު މިޔަންމާއިން އެ ވާހަކަ ދޮގު ކުރެއެވެ.

 

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް