ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 21:03
ސާފު ނުކުރާ ތެޔޮފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި އަންގާރަ ދުވަހު ވަނީ 75.27 އެމެރިކާ ޑޮލަރަށް އަރާފައި
ސާފު ނުކުރާ ތެޔޮފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި އަންގާރަ ދުވަހު ވަނީ 75.27 އެމެރިކާ ޑޮލަރަށް އަރާފައި
ބީބީސީ
ތެލުގެ އަގު
ތެޔޮ ފީފާއެއްގެ އަގު 75 ޑޮލަރަށް، އަގު ބޮޑުވެދާނެ ކަމުގެ ބިރު ހީވެއްޖެ
ތެޔޮ އުފައްދާ މިންވަރު ވަނީ މިދިޔަ އަހަރުން ފެށިގެން ދަށްކޮށްފައި

އެމެރިކާއިން އީރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާފާނެކަމުގެ ބިރާ އެކު ވޭތުވެ ދިޔަ ތިން އަހަރާއި ބައިގެ މުއްދަތުގައި ތެލުގެ އަގު އެންމެ މައްޗަށް އެރިދުވަހަށް އަންގާރަދުވަސް ވެއްޖެއެވެ.

 ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި އަންގާރަ ދުވަހު ވަނީ 75.27 އެމެރިކާ ޑޮލަރަށް އަރާފައެވެ.

މިހާރު މަޑުމަޑުން އަގު ދަށްވާން ފެށުމުގެ ކުރިން ޖެހިޖެހިގެން ހަ ދުވަސްވަންދެން އަގު މަތިވަމުން ގޮސްފައިވެއެވެ.

އިރާނާ އެކު ދުނިޔޭގެ ބާރުތަކުން ވެފައިވާ ނިއުކްލިއަރ އެއްބަސްވުން އުވާލައި ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެގައުމަށް އެޅުމާ މެދު އެމެރިކާ އިން މި މަހުގެ 12 ވަނަ ދުވަހު ގޮތެއް ނިންމާނެއެވެ.

އެފަދަ ފިޔަވަޅެއް ވެގެންދާނީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމުގެ ސަޕްލައި ދަށްވެެގެންދާނެ ކަމަކަށެވެ.

ތެލުގެ އަގު މަތިވާން ފަށާފައި ވަނީ އޯޕެކްގެ 14 ގައުމާއި އޭގެ އިތުރުން ރަޝިއާ ފަދަ އިތުރު ބައެއް ގައުމުތަކުން ވެސް ތެޔޮ އުފައްދާ މިންވަރު ދަށްކުުރުމުންނެވެ.

ނޮވެމްބަރު މަހު އެ ގައުމުތަކުން ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައި އޮތް އޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް ދިގު ދެންމުމަށް އެއްބަސްވެފައެވެ.

 

- ކޮމެންޓް