ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 12:35
ރައީސް ނަޝީދު: ލަބާން ދޫކޮށްލުމަށް ގޮވާލެއްވި
ރައީސް ނަޝީދު: ލަބާން ދޫކޮށްލުމަށް ގޮވާލެއްވި
ރާއްޖެ އެމްވީ
ރައީސް ނަޝީދު
ލަބާން ދޫކޮށްލަން ރައީސް ނަޝީދު ގޮވާލައްވައިފި
 
ލަބާން ޖަލަށްލީ 5 އަހަރު ދުވަހަށް
 
ލަބާން ހައްޔަރު ކުރީ ފުލުހަކަށް ހަމަލާދިންކަމަށް ބުނެ
 
ލަބާން ޖަލުގައި ހުންނަތާ މިއަހަރު 3 އަހަރު ވާނެ

މޭޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް ޖަލަށް ލާފައިވާ ގޯލް ކީޕަރ އިބްރާހިމް ލަބާން ޝަރީފު ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ޒުވާން ގޯލް ކީޕަރު ލަބާން ނާއިންސާފުން ޖަލަށްލާފައި ހުންނަތާ 3 އަހަރު ފުރުނީ ކަމަށާއި އޭނާ މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި އެ މުޒާހަރާއެއްގައި ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުކޮށް އީގަލްސްގެ ކުރީގެ ކީޕަރު ލަބާންގެ އިތުރު ފަސް މީހަކު ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޖުލައި 25، 2016  ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ލަބާންގެ އިތުރުން ޖަލަށް ލާފައި ވަނީ ނާސިރާ އަލީ، އަހުމަދު އިބްރާހިމް، ފަރުހަތު އަލީ، އަބްދުﷲ ރަޝީދު މުހައްމަދު އަދި އުމަރު ޒާހިރުގެ މައްޗަށެވެ. އަބްދުﷲ ރަޝީދު ވަނީ ނިޔާވެފަ އެވެ. 

މި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅީ މޫސާ ޝަރުމީލް އާއި އަލީ ރަޝީދުގެ މައްޗަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
56%
22%
11%
0%
11%
ކޮމެންޓް