ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 10:41
އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް
އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް
ޑެއިލީ މެއިލް
ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް
ބާބަރާގެ ޖަނާޒާއަށް ފަހު ބުޝް އެޑްމިޓްކޮށްފި
ބާބަރާ ބުޝް އަވަހާރަވެފައިވަނީ މިމަހުގެ 18 ގައި

 

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗްޑަބްލިއު ބުޝްގެ އަނބިކަނބަލުން  އަދި އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތްފަހުން ހޮސްޕިޓަލަށް އެޑްމިޓް ކޮށްފިއެވެ.

ބާބަރާ ބުޝް އަވަހާރަވެފައިވަނީ މިމަހުގެ 18 ގައެވެ.

މިހާރު އުމުރުފުޅުން 93 އަހަރުފުޅުގެ ޖޯޖް އެޗްޑަބްލިއު ބުޝް އަކީ އެމެރިކާގައި އެންމެ ގިނަދުވަހު ދުނިޔޭގައި ހުންނެވި ރައީސެވެ.

ބުޝްއަށް ވަނީ ސިއްހީ އެތަކެއް މައްސަލަތަކެއް ދިމާވެފައެވެ. އޭގެ ތެރޭގައި ލޭގެ އިންފެކްޝަނެއް ޖެހުމާއި ތުރުތުރު އަޅާ ބަލި ތަހައްމަލު ކުރައްވަން ޖެހުން ހިމެނެއެވެ. އެމަނިކުފާނު މިހާރު އުޅުއްވަނީ ފުރޮޅުލީ ގޮނޑީގައެވެ.  ބުޝް ބައްލަވާ ޑޮކްޓަރުން ވަނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައެވެ. ބުޝް އުފަންވެވަޑައިގެންފައިވަނީ 1924 ވަނަ އަހަރުގައެވެ.

ބާބަރާއާއި ޖޯޖް ބުޝްއަކީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ކައިވެނި ބައްލަވައިގެން ތިއްބެވި ރައީސުންގެ މަގާމު ލިބިލައްވާފައިވާ ދެބޭފުޅުންނެވެ. ބާބަރާ އަވަހާރަވިއިރި އެ ދެ ބޭފުޅުންގެ ކައިވެންޏަށް 73 އަހަރު ވަނީ ފުރިފައެވެ. އެކަން މިއަހަރު ޖެނުއަރީގައި ވަނީ ފާހަގަކުރައްވާފައެވެ. ދެބޭފުޅުން  ކައިވެނި ބައްލަވައިގެންފައި ވަނީ ޖެނުއަރީ 6، 1946 ވަނަ އަހަރުއެވެ. ކައިވެނި ބައްލަވާފައިވަނީ ބާބަރާގެ އުމުރުފުޅުން 19 އަހަރުގައި އަދި ޖޯޖް ބުޝްގެ އުމުރުފުޅުން 20 ގައެވެ.

 

- ކޮމެންޓް