ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 10:39
ނަބީ ޓަޖީމާ
ނަބީ ޓަޖީމާ
ރޮއިޓަރސް
އެންމެ ދުވަސްވީމީހާ
19 ވަނަ ގަރުނުގައި އުޅުނު އެންމެ ދުވަސްވީ މީހާ މަރުވެއްޖެ
 
އޭނާ މަރުވިއިރު އުމުރަކީ 117 އަހަރު

ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ މީހާކަމަށް ރެކޯޑް ކުރެވިފައިވާ ޖަޕާނުގެ އަންހެނެއް ކަމަށްވާ ނަބީ ޓަޖީމާ މަރުވެއްޖެއެވެ.

އޭނާ މަރުވިއިރު އުމުރަކީ 117 އަހަރެވެ. ނަބީ ޓަޖީމާ ވަނީ މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ޖަޕާނުގެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އޭނާ މަރުވެފައިވަނީ މުސްކުޅިބަލީގައި ފަރުވާދެމުން ދަނިކޮށެވެ. ޓަޖީމާ އުފަންވެފައިވަނީ އޮގަސްޓް4، 1900 ވަނަ އަހަރުގައެވެ. އޭނާއަށް ވަނީ ހަތް ފިރިހެންކުދިންނާއި ދެ އަންހެން ކުދިން ލިބިފައެވެ.

ނަބީ ޓަޖީމާއަށް އެންމެ ގިނަ ދުވަސްވީމީހާގެ މަގާމު ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޖެމެއިޖާގެ މީހެއް ކަމަށްވާ ވައިލެޓް ބްރައުން މަރުވުމުންނެވެ. ވައިލެޓު ވެސް މަރުވިއިރު އުމުރަކީ 117 އަހަރެވެ. ޓަޖީމާ މަރުވުމުން ދުނިޔޭގައި  ދެން  ހުރި އެންމެ އުމުރުން ދުވަސްވީ މީހާގެ ލަގަބު ލިބެނީ  112 އަހަރުގެ މަސަޒޯ ނޮނަކާއެވެ. އޭނާއަކީވެސް ޖަޕާނުގެ ރައްޔިތެކެވެ.

ޖަޕާނުވެފައިވަނީ ދުނިޔޭގައި އެންމެ ގިނަ ދުވަސްވީމީހުން ދިރިއުޅޭ އެއްގައުމަށެވެ. އެގޮތުން އެގައުމުގައި 100 އަހަރަށް ވުރެ މަތީގައި އުމުރު ހޭދަކުރަމުންދާމީހުންގެ ނިސްބަތް ހަ ލައްކައަށް ވުރެ ގިނައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
50%
0%
50%
0%
0%
0%
ކޮމެންޓް