ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 10:29
ދެކުނު ކޮރެއާއިން ދުވާލަކު ހަ ގަޑިއިރު އަޑުގަދަކުރާއިން ކޮންޓެންޓް ފޮނުވާ
ދެކުނު ކޮރެއާއިން ދުވާލަކު ހަ ގަޑިއިރު އަޑުގަދަކުރާއިން ކޮންޓެންޓް ފޮނުވާ
ގެޓީ އިމޭޖަސް
އުތުުރު ކޮރެއާ މައްސަލަ
އުތުރު ކޮރެއާއާއި ދިމާލަށް ބަހައްޓާފައިހުރި އަޑުގަދަކުރާތައް ދެކުނު ކޮރެއައާއިން ނިއްވާލައިފި
ދެ ގައުމުގެ ވެރިންގެ ބައްދަލުވުން މި ހަފްތާއަށްވަނީ ތާވަލުކޮށްފައި
އުތުރު ކޮރެއާއިން ބަހައްޓާފައިވާ އަޑުގަދަކުރާތައް އެ ގައުމުން ނިއްވާލާނެކަމެއް އަދި އެނގިފައެއް ނުވޭ

ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ އާއި ގުޅޭ ސަރަހައްދީ ރޮނގުގައި އުތުރު ކޮރެއާ އާއި ދިމާލަށްވާގޮތަށް ދެކުނު ކޮރެއާއިން ޕްރޮޕެގެންޑާ ފެތުރުމަށް ބަހައްޓާފައި ހުންނަ އަޑުގަދަކުރާތައް ދެކުނު ކޮރެއާއިން ނިއްވާލައިފިއެވެ.

މި އަޑުގަދަކުރާތައް ނިއްވާލާފައި މިވަނީ ދެ ގައުމުގެ ވެރިންގެ ބައްދަލުވުމެއް މި ހަފްތާއަށް ތާވަލު ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

ދެ ކޮރެއާ ގުޅޭ ސަރަހައްދުގައި ދެކުނު ކޮރެއާއިން ގިނަ އަދަދެއްގެ އަޑުގަދަކުރާ ބަހައްޓާފައިވާއިރު އެ ތަކެތި ބޭނުންކުރަމުންދަނީ އެގައުމުގެ ޕޮޕް ލަވައިން ފެށިގެން އުތުރު ކޮރެއާއާއި ބެހޭ ނާޒުކު ޚަބަރުތައް ފެތުރުމަށެވެ.

ދެކުނުނުކޮރެއާގެ އަޑުގަދަކުރާތަކުން ފޮނުވާ ކޮންޓެންޓުގެ އަޑު ސަރަހައްދީ ރޮނގުގައި ގާއިމްވެ ތިބޭ އުތުރު ކޮރެއާގެ ސިފައިންނާއި އެ ސަރަހައްދުގައި ދިރިއުޅޭ އާޢްމުންނަށް އިވޭނެއެވެ.

އުތުރު ކޮރެއާއިން ބަހައްޓާފައިވާ އަޑުގަދަކުރާތައް އެ ގައުމުން ނިއްވާލާނެކަން ނުވަތަ ނޫންކަންވެސް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އެގަމުން އާއްމުކޮށް ފޮނުވަމުންދަނީ ދެކުނު ކޮރެއާއި ބެހޭ ރިޕޯޓްތަކެވެ.

ދެކުނު ކޮރެއާއިން އެޅި މި ފިޔަވަޅުގެ އަމާޒަކީ "އުތުރާއި ދެކުނާއި ދެމެދު އޮތް އަސްކަރީ ނުތަނަވަސްކަން ކުޑަކޮށް ސުލްހައިގެ ވާހަކަތައް ބޭއްވުމުގެ މޫޑެއް އުފެއްދުން" ކަމަށް ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާކަމަށް ޔޮނެޕް ނިއުސް އޭޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް