ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 19:42
2015 ވަނަ އަހަރު ނިއުކްލިއަރ އެއްބަސްވުމުގައި ސޮއި ކުރެއްވި ލީޑަރުން ފޮޓޯއަކަށް ހުއްޓިވަޑަޑައިގެން
2015 ވަނަ އަހަރު ނިއުކްލިއަރ އެއްބަސްވުމުގައި ސޮއި ކުރެއްވި ލީޑަރުން ފޮޓޯއަކަށް ހުއްޓިވަޑަޑައިގެން
އޭއެފްޕީ
އިރާނުގެ މިސައިލް ޕްރޮގްރާމް
އީރާނާއިއެކު ވެފައިވާ އެއްބަސްވުމުގައި ހިފެހެއްޓެވުމަށް ރައީސް ޓްރަމްޕްއަށް މެކްރޮން ދަންނަވައިފި
އެމެރިކާގެ ރައީސްއާއި ފްރާންސްގެ ރައީސް މި ހަފްތާގައި ބާއްވަވާ ބައްދަލުވުމުގައި މި މައްސަލައި މަޝްވަރާ ކުރައްވާނެ

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާގެ މައްސަލައިގައި އެގައުމާއިއެކު ވެފައިވާ އެއްބަސްވުމުގައި ދެމި ހުންނެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް  ޓްރަމްޕްގެ އަރިހުގައި ފަރަންސޭސި ރައިސް އެމަނުއެލް މެކްރޮން އެދިވަޑައިގެންފިއެވެ.

މެކްރޮން ވިދާޅުވީ އެ މައްސަލައިގައި އެއްވުރެ މޮޅު އެހެން ގޮތެއް ނެތްކަމަށެވެ. ޓްރަމްޕް މިވާހަކަ ދައްކަވާފައިވަނީ ހޯމަ ދުވަހު އެމެރިކާއަށް ފަށްޓަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ކުރިން ފޮކްސް ނިއުސްއާ ވާހަކަދައްކަވަމުންނެވެ.

ރައީސް ޓްރަމްޕްވަނީ އެ އެއްބަސްވުން ދޫކޮށްލައްވަފާނެކަމުގެ އިންޒާރު ދެެއްވާފައެވެ. އީރާނާއިއެކު ދުނިޔޭގެ ބާރުތަކުންވެފައިވާ އެއްބަސްވުމުގެ ދަށުން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި އެ ގައުމަށް ލުއި ލިބިގެންދާއިރު އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ކޮންޓްރޯލް ކުރަންޖެހެއެވެ.

އީރާނަށް ދަތިކުުރުމުގެ ފިޔަވަޅުތައް އަލުން އަޅާނީތޯ ކަނޑައެޅުމަށް ރައީސް ޓްރަމްޕްއަށް މެއި މަހުގެ 12ވަނަ ދުވަހާއި ހަމައަށް ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

މުރާސިލުން ބުނާގޮތުގައި އެފަދަ ފިޔަވަޅެއް ވެގެންދާނީ އީރާނާއިއެކު ހުޅަނގުގެ މައި ހަ ބާރުން ވެފައިވާ އެއްބަސްވުން އުވާލެވުމަށެވެ.

އެމެރިކާގެ ރައީސްއާއި ފްރާންސްގެ ރައީސް މި ހަފަތާގައި ބާއްވަވާ ބައްދަލުވުމުގައި މި މައްސަލައި މަޝްވަރާކުރައްވާނެއެވެ.

ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެެމެރިކާއާއި، ރަޝިއާ، ޗައިނާ، ފްރާންސް ، އިނގިރޭސިވިލާތް،އަދި ޖަރުމަނު ވިިލާތުން އީރާނާއިއެކުވީ ނިއުކްލިއަރ އެއްބަސްވުން ގާއިމް ކުރީ 2015 ވަނަ އަހަރުއެވެ.

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް