ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 12:43
މިނީމީ
މިނީމީ
ގެޓީ އިމޭޖަސް
މިނީމީ
މިނީމީ މަރުވެއްޖެ
 
މަރުވިއިރު މިނީމީގެ އުމުރަކީ 49 އަހަރު

އޮސްޓިން ޕަވަރސް ސީރީޒްގައި މިނީމީގެ ގޮތުގައި ފެނިގެންދިޔަ ތަރި ޓްރޯޔަރ މަރުވެއްޖެއެވެ.

ޓްރޯޔަރގެ ކުއްލި މަރާއި ގުޅިގެން އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރޯޔަރ އަކީ ވަރަށް ރަނގަޅު ހިތްހެޔޮ މީހެއް ކަމަށެވެ. އޭނާ މިދުނިޔެއިން ވަކިވުން އެއީ އާއިލާއަށް ލިބުނު ހިތާމައެއްކަމަށް ވަނީ ބުނެފައެވެ.  އޭނާ އަބަދުވެސް ބޭނުންވަނީ އެންމެން ހެއްވާލާފައި އުފާވެރިކޮށް ތިބޭ މަންޒަރު ދެކެން ކަމަށެވެ. އަދި އޭނާ ދުނިޔެއާއި ވަކިވެ ދިއުމަކީ އާއިލާ އާއި ފޭނުންނަށް ލިބިގެންދިޔަ ވަރަށް ފުން ހިތާމައެއް ކަމަށް ޓްރޯޔަރގެ އާއިލާއިން ބުނެފައިވެއެވެ.

އުމުރުން 49 އަހަރުގެ ޓްރޯޔަރ މަރުގެ ސަބަބު އާއިލާއިން ހާމަކޮށްފައި ނުވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ ގިނަދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ފަރުވާ ދެމުންދަނިކޮށެވެ. 

މިނީމީ ވަނީ އޮސްޓިން ޕަވަރސް ގެ އިތުރުން  ހެރީޕޮޓަރ އެންޑް ދަ ފިލޯސޮފަރސް ސްޓޭން އާއި ދަ އިމޭގިނޭރިއަމް އޮފް ޑޮކްޓަރ ޕަރނަސަސް އިން ފެނިގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
50%
50%
0%
0%
ކޮމެންޓް