ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 09:18
ތިޔަ ލޯތްބާއި ދުރަށްގެ ޕޯސްޓަރ
ތިޔަ ލޯތްބާއި ދުރަށްގެ ޕޯސްޓަރ
ފޭސްބުކް
ތިޔަ ލޯތްބާއި ދުރަށް
ތިޔަ ލޯތްބާއި ދުރަށް ރިލީޒް ކޮށްފި
މިއީ މިއަހަރު ރިލީޒްކުރި ހަތަރުވަނަ ދިވެހި ފިލްމު

ޑައިރެކްޓަރ އަދި ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ(މަރީ)ގެ ތިޔަ ލޯތްބާއި ދުރަށް ހޮނިހިރު ދުވަހުގެ ރޭ ރިލީޒްކޮށްފިއެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ އޮލިމްޕަހުގައާއި ހުޅުމާލޭ ޝްވެކް ސިނަމާއިންނެވެ.

މިއަހަރު ރިލީޒްކުރި ހަތަރު ވަނަ ދިވެހި ފިލްމު ތިޔަ ލޯތްބާއި ދުރަށް ފިލްމްގެ ޓިކެޓް ދެ ސިނަމާ އިން ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ.

މި ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައިވަނީ ސްރީ ލަންކާގައެވެ. މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް (އަޒޭ)، މަލީހާ ވަހީދު (މަލް) އަދި އަހުމަދު އަމަން (ޓޮމް)އަދި މަރިޔަމް ޝަހްޒާ އެވެ. ފިލްމުގެ ކެމެރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރުގެ އިތުރުން ފިލްމުގެ ޓެކްނިކަލް މަސައްކަތް ކުރަނީ ވެސް އޭނާއެވެ.

މިއީ ޑައިރެކްޓަރ މަރީގެ ފުރަތަމަ ޑައިރެކްޝަނަށް ވާއިރު މަރީގެ ވާހަކައަކަށް އެންމެ ފަހުން ހެދި ފިލްމަކީ 2012 ގައި ރިލީޒްކުރި ދިވެހި ފިލްމު ސަޒާއެވެ. އެ ފިލްމު ވަނީ ބޮޑު ކާމީޔާބީއެއް ހޯދާފައެވެ.  

ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ދެ ލަވައެއް ހިމަނައިގެން އުފައްދާފައިވާ މި ފިލްމަކީ މަރީގެ ފުރަތަމަ ފީޗާ ފިލްމެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ ޓެކްނޯ މީޑިއާ އިންނެވެ. މި ފިލްމުގައި ހިމެނެނީ ހަތަރު ލަވައެވެ. ޓެކްނޯ މީޑިއާއިން މައުލޫމާތު ދޭ ގޮތުގައި ޝްވެކްގައި ދައްކާނީ އެންމެ ޝޯއެކެވެ. އަދި އޮލިމްޕަހުގައި ޝޯތައް ކުރިއަށް ދާނީ މިމަހުގެ 22، 23، 26 އަދި 27 އާ ހަމައަށެވެ. ޓެކްނޯމީޑިއާއިން ބުނީ ފިލްމަށް ލިބޭ ތަރުހީބަށް ބެލުމަށްފަހު ރާއްޖޭގެ ރަށްރަށުގައި ފިލްމު އަޅުވާނެކަމަށެވެ.

- ކޮމެންޓް