ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 10:41
ރައީސް ޓްރަމްޕް އާއި ޖަޕާނުގެ ބޮޑުވަޒީރު އަބޭ
ރައީސް ޓްރަމްޕް އާއި ޖަޕާނުގެ ބޮޑުވަޒީރު އަބޭ
ވޯލް ސްޓްރީޓް ޖާނަލް
އުތުރު ކޮރެއާ-އެމެރިކާ
ނަތީޖާ ނުނިކުންނަ ނަމަ ކިމްއާ ވާހަކަދެއްކުން ހުއްޓާލާނަން: ޓްރަމްޕް
ބައްދަލުވުން ބާއްވާ ތަން އަދި ހާމައެއް ނުކުރޭ
އުތުރު ކޮރެއާގެ މައްސަލައަށް ހައްލެއް ލިބިގެން ހިނގައިދާނެ ކަމަށް މުރާސިލުން ދެކޭ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތައް ނަތީޖާއެއް ނުނިކުންނަ ނަމަ ބައްދަލުނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި ރައީސް ޓްރަމްޕް އެކުގައި ބޭއްވެވި ނޫސްކޮންފަރެންސްގައި ދެ ބޭފުޅުން ވިދާޅުވީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އުތުރު ކޮރެއާއަށް ފިއްތުންތައް ކުރިމަތި ކުރެވޭނެ އެންމެ ބޮޑަކަށް ހުއްޓުމެއް ނެތި ފިއްތުންތައް ކުރިމަތިކުރަން ވާނެ ކަމަށެވެ.

ބޮޑުވަޒީރު އަބޭ ހުންނެވީ ފްލޮރިޑާގައި އޮންނަ ރައީސް ޓްރަމްޕްގެ އަމިއްލަފުޅު ރިޒޯޓް މާރަލާގޯގައެވެ.

މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ ސީއައިއޭގެ ޑިރެކްޓަރ މައިކް ޕޮމްޕެއޯ ސިއްރު ދަތުރުފުޅެއް ކުރައްވައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ބައްދަލުކުރެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ކިމްއާ އެކު ޕޮމްޕެއޯ ރަނގަޅު ގުޅުމެއް ގާއިމް ކުރެއްވި ކަމަށާއި ބައްދަލުވުން ކުރިޔަށްދިޔައީ އޮމާންކަމާ އެކު ކަމަށެވެ.

މި ބައްދަލުވުމަކީ 2000 ވަނަ އަހަރަށް ފަހު ދެ ގައުމުގެ މިހާ އިސް ފަރާތްތަކެއް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ޓްރަމްޕް ވަނީ ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ ވެސް ވާހަކަ ދައްކައިގެން، 1950 އާއި 1953 އާއި ދެމެދުކުރި ކޮރެއާ ހަނގުރާމައިގެ ޚިލާފުތައް ނައްތާލުމަށް ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ދެކުނު ކޮރެއާ އިން ވެސް ވަނީ އޭޕްރީ މަހުގެ ފަހުކޮޅު ރައީސް މޫން ޖައި އިން އާއި ކިމް ބައްދަލުކުރައްވާއިރު އެފަދަ އެއްބަސްވުމަކަށް ހިނގައިދާނެ ފަދަ އިޝާރާތެއް ދެއްވާފައެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ބުރާސްފަތި ދުވަހު ވިދާޅުވީ ނިއުކްލިއަރ ޕްރޮގްރާމް އެކީގައި ހުއްޓާލުމަށް އެ ގައުމު ތައްޔާރަށް އޮތް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ޓްރަމްޕް-ކިމް ސަމިޓާއި ދެކޮރެއާގެ ބައްދަލުވުމަކީ ވެސް ފާހަގަޮށްލެވޭ އުފެެއްދުންތެރި އަދި ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ އެކު ޓްރަމްޕްގެ އަމިއްލަފުޅު ރިސޯޓް ކަމަށްވާ ފްލޮރިޑާގެ މާރަލާގޯގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކިމްއާ ބައްދަލުކުރެއްވުމަށް ފަސް ތަނެއް ކަނޑައަޅައި މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި މިމަޝްވަރާތަކުން ބައްދަލުކުރެއްވުން އޮންނާނެ ފައިނަލް މަންޒިލެއް ކަނޑައެޅޭނެ ކަމަށެވެ.

މަޝްވަރާތަކުގެ ވާހަކަ ދެކެވުނުއިރު، ގިނަ މުހައްލިލުން ބުނަމުން އައީ ވާހަކަތައް ބޭއްވުން އެންމެ ގާތް އެއްތަނަކީ ދެކޮރެއާ ގުޅޭ ސަރަހައްދީ އިމުގައި އޮންނަ ޕަންމުންޖޮމް ގައެވެ. އެސަރަހައްދަކީ އެމެރިކާ ސިފައިން ހަރަކާތްތެރިވާ، އދ. ގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ.

އެމެރިކާގެ ވެރިކަމުގައި ހުންނެވި ރައީސަކު މީގެ ކުރިން އުތުރު ކޮރެއާގެ ވެރިޔަކާ ބައްދަލުކުރައްވާފައި ނުވާއިރު، ކިމް ޖޮން އުންއާ ބައްދަލުކުރެއްވުމަށް މިދިޔަ މަހު ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގަތުމުން މުޅި ދުނިޔެއަށް ސިހުން ލިބިގެންދިޔައެވެ. ނިއުކްލިއަރ ޕްރޮގްރާމާއި އިންސާނީ ހައްޤުތަކުގެ މައްސަލައިގައި ދުނިޔެއާ، އެއްކޮށް އެކަހެރިވެފައިވާ އުތުރު ކޮރެއާ އިން އެމެރިކާއާ އެކު މަޝްވަރާތަކަށް ދިޔުމަށް އެއްބަސްވީ ދާދި ފަހުން ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގައި ނިމިގެންދިޔަ ފިނި މޫސުމުގެ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރިވުމާ ގުޅޭ ގޮތުން ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް