ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 13:44
ކުއްލި ނުރައްކަލުގެ ހާލަތުގައި ސޯޝަލް މީޑިއާ މަނާކޮށްފައިވޭ
ކުއްލި ނުރައްކަލުގެ ހާލަތުގައި ސޯޝަލް މީޑިއާ މަނާކޮށްފައިވޭ
ގޫގުލް
ކެންޑީގެ ހަމަނުޖެހުން
ސޯޝަލް މީޑިއާ މަނާކުރުމުން ޑިޕްލޮމޭޓުން ފިއްތުންތައް ކުރިމަތިކުރުވި: ސިރިސެނާ
ކެންޑީގެ ހަމަނުޖެހުންތައް ހިނގީ މާޗް މަހު
ކެންޑީގެ ހަމަނުޖެހުންތަކާއި ގުޅިގެން 10 ދުވަހަށް ކުއްލިހާލަތު އިއުލާނުކުރި

ލަންކާގެ ކެންޑީގައި މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު މާޗް މަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކާފިއު ހިންގައި ސޯޝަލް މީޑިއާ މަނާކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން ބޭރުގެ ޑިޕްލޮމޭޓުންގެ ފަރާތްޕުޅުން އަންނަން ނުޖެހޭ ފިއްތުންތައް ކުރިމަތިވެ ވަޑައިގެންނެވި ކަމަށް ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސެނާ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

"އެ ޑިޕްލޮމޭޓުންވަނީ ސޯޝަލް މީޑިއާ މަނާކުރުންފަދަ، ސަރުކާރުން އެޅި ފިޔަވަޅުތަކާއި ދެކޮޅަށް ވާހަކަ ދައްކަވާފައި. ބައެއް ޑިޕްލޮމޭޓުން ވަނީ އެބޭފުޅުންނަށް އޮންނަ މިންގަޑުން ބޭރުން ވެސް އެ ފިޔަވަޅުތަކާއި ދެކޮޅަށް މަސައްކަތް ކުރައްވާފައި" ލަންޑަންގައި އުޅޭ ލަންޑަންގެ ބައެއް ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ސިރިސިސެނާ ވިދާޅުވިއެވެ.

ސިރިސެނާ ވިދާޅުވީ އެ ދެކޮޅުހެދުންތަކާއިއެކު ވެސް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމުން ބޮޑު ތަޅާފޮޅުމަކަށް ބަދަލުނުވެ ހުއްޓުވުނު ކަމަށެވެ.

މީގެ އިތުރުން ސިރިސެނާ ވިދާޅުވީ އެ ގައުމުގައި ސޯޝަލް މީޑިއާ އެކީގައި ބަންދުކުރި ކަމަށް އދ އާއި ގުޅިފައިވާ ޖަމާއަތަކުން އެ ދުވަސްވަރު ހާމަކޮށްފައިވާއިރު އެއީ އެމެރިކާއަށް ވެސް ކުރެވޭނެކަމެއް ނޫން ކަމަށް ސިރިސެނާ ވިދާޅުވިއެވެ.

ކެންޑީގައި ހިނގި ދީނީ ހަމަނުޖެހުންތަކާ ގުޅިގެން ލަންކާގައި 10 ދުވަހަށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ހަމަނުޖެހުން ހިނގި ސަރަހައްދުތަކުގައި ކާފިއު އިއުލާން ކޮށްފައިވެއެވެ.

ކެންޑީގައި މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު ހިނގަންފެށި ހަމަނުޖެހުންތަކުގައި މަދުވެގެން ދެ މީހުން މަރުވި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

އާބާދީގައި 21 މިލިއަން މީހުން ދިރިއުޅޭ ލަންކާގައި ގިނައީ ބުޑިސްޓް ސިންގަޅައިންނެވެ. އެއީ އާބާދީގެ ގާތްގަނޑަކަށް 75 އިންސައްތައެވެ. ބައި މަދު މުސްލިމުންނަކީ އެޤައުމުގެ އާބާދީގެ ގާތް ގަނޑަކަށް 10 އިންސައްތައެވެ. އަދި 13 އިންސައްތަ ހިންދޫއިން އުޅޭއިރު، 7 އިންސައްތަ އަކީ ނަޞާރާއިންނެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް