ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީއަކީ ކުޅަދާނަ ޑައިރެކްޓަރެކެވެ. ގިނަ ގޮންޖެހުންތަކަކާއި އެކު ސިނަމާތަކަށް ގެނައި އެންމެ ފަހުގެ ފިލްމު ޕަދްމާވަތަކީ ވެސް ކާމިޔާބު ފިލްމެކެވެ.
ފިލްމު ޕަދްމާވަތަށް ފަހު ސަންޖޭ ބަންސާލީލާ ބަންސާލީ އަނެއްކާ ވެސް ފިލްމެއްގެ މަސައްކަތް ވަނީ ފަށާފައެވެ. މިފަހަރު ޕްރިންސް ކިޔާ ފިލްމެކެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި މިފިލްމަށް މިހާރު ވަނީ ރިތިކް ރޯޝަން ހަމަޖައްސާފައެވެ. ރިތިކް ވަނީ ބަންސާލީގެ ފިލްމު ގުޒާރިޝްގައި ވެސް އެކްޓުކޮށްފައެވެ. ޚަބަރުތައް ބުނާގޮތުގައި ބަންސާލީ ވަނީ ރިތިކް މި ފިލްމަށް ހަމަޖެއްސުމަށްޓަކައި ދެގަޑިއިރުގެ ބައްދަލުވުމެއް ރިތިކްއާއި އެކު ހޭދަކޮށްފައެވެ. މި ބައްދަލުވުމުގައި ރިތިކާއި ބަންސާލީ މަޝްވަރާ ކުރީ ފިލްމް ޕްރިންސް އާއި ގުޅޭ ގޮތުން ކަމަށްވެއެވެ. ރިތިކް އަކީ ބަންސާލީގެ ފިލްމުތަކަށް އަބަދު ވެސް ސަޕޯޓުކުރާ ތަރިއެކެވެ.
ބަންސާލީގެ ޕަދްމާވަތް އާއި ގުޅިގެން އިންޑިއާގައި ހިންގާފައިވާ ހަމަނުޖެހުންތަކާއި ދެކޮޅަށް އަޑު އުފުލާފައިވާ ބޮލީވުޑް ތަރިންގެ ތެރޭގައި ރިތިކް ވެސް ހިމެނެ އެވެ. ރިތިކް މިހާޜު ބޮޅިވުޑްގައި ކުރަމުންދާ މަސައްކަތަކީ މަޝްހޫރު މެތަމެޓިޝަން ކަމަށްވާ އަނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ސުޕަ 30 ގެ ޝޫޓިންއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެތެރޭގައެވެ.