ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 09:31
ޝިލްޕީ ޝެޓީ
ޝިލްޕީ ޝެޓީ
އިންޑިއަން އެކްސްޕްރެސް
ޝިލްޕާ ޝެޓީ
ޝިލްޕާ މިފަހަރު އެމެޒޯންގެ ޝޯއަކުން
މި ޝޯ އިން ފުރުސަތު ދެނީ އުމުރުން 21-32 އަހަރާ ދެމެދުގެ އަންހެނުންނަށް

މަޝްހޫރު ސްޓްރީމިން ސާވިސްއެއް ކަމަށްވާ އެމެޒޯން ގެ ރިއަލިޓީ ޝޯ ކަމަށްވާ ހިއާ މީ ލަވްމީގެ ހޮސްޓަކަށް ޝިލްޕާ ޝެޓީ ހަމަޖެހިއްޖެއެވެ.

އެމެޒޯން އިން އަލަށް ފަށާ މި ޝޯގެ މުޅި ކޮންސެޕްޓް ފަރުމާ ކޮށްފައިވަނީ "ބްލައިންޑް ޑޭޓިން"އަށެވެ. މި ޝޯގައި ކުރީގައި ލޯބިވެރިންނާއި ބައްދައްދަލުވާން ކުރާ މަސައްކަތާއި އަދި މިހާރުގެ ޒުވާނުން އަންހެނުންނަށް ކަމުދާ ކަހަލަ ލޯބިވެރިޔަކު ހޯދައިދޭ ގޮތަށް އުފައްދާފައިވާ މި ޝޯ އިން ފުރުސަތު ދެނީ އުމުރުން 21-32 އަހަރާ ދެމެދުގެ އަންހެނުންނަށެވެ.

މިޝޯގެ ޑައިރެކްޓަރ ވިޖޭ ސުބްރަމާނިއަމް ބުނީ މިޝޯއަކީ މަޖާ ޝޯއަކަށް ވެގެންދާނެ ކަމަށެވެ.

" މި ޝޯއަކީ މަޖާ އަދި އޯޑިއެންސަށް ތާޒާ ރަހައެއް ގެނުވައިދޭނެ ޝޯއެއް ކަމަށް ގަބޫލުކުރެވެނީ. މި ޝޯ ފަރުމާކުރެވިފައި ވާނީ ޑޭޓް ކުރުމަށް. އަދި މީ އިންޑިއާގައި މިފޯމެޓަށް ތައްޔާރު ކުރެވުނު ފުރަތަމަ ޝޯ. ޝިލްޕާ އަކީ މި ޝޯ އަށް އެންމެ ފިޓް މީހާ. އޯޑިއެންސް ޝިލްޕާ މިޝޯ ހޮސްޓު ކުރާތީ ގަޔާވާނެ ކަމުގެ ޔަގީންކަން އެބައޮތް" ވިޖޭ ސުބްރަމާނިއަމް ބުންޏެވެ.

ޝިލްޕާ ބުނެފައިވަނީ މިކަހަލަ ތަފާތު ޝޯއެއް ގެނެސްދިނުން އެއީ އޭނާ ވަރަށް ގަޔާވެ އުފާވާ ކަމެއްކަމަށެވެ.

" އެންމެން ވެސް އެކު ފުރަތަމަ ފަހަރަށް ޑޭޓް ކުރަން އުޅޭއިރު ވަރަށް ކަންބޮޑުވެ ކަންތައްތައް ދިމާވާނެކަން. މީ ވަރަށް ތަފާތު ކޮންސެޕްޓެއް. މި ޔުނީކް ރިއަލިޓީ ޝޯ ހޮސްޓު ކުރަން ލިބުމުން ވަރަށް އުފާވޭ." ޝިލްޕާ ބުންޏެވެ.

ޝިލްޕާ ވަނީ މީގެ ކުރިން ވެސް ރިއަލިޓީ ޝޯތައް ހޮސްޓުކޮށް އަދި ޖަޖްކަން ވެސް ކޮށްފައެވެ. އޭނާ ސޮނީ ޗެނެލުން ދެއްކި ސުޕަ ޑާންސްގެ ސީޒަން އެކަކާއި ދެއަކުން ފެނިގެން ގޮސްފައެވެ.

ޝިލްޕާ އަކީ ފިލްމީ ތަރި ސުނިލް ޝޭޓީގެ ކޮއްކޮ އެވެ. ޝިލްޕާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ބާޒީގަރު ،ދަޅުކަން،ޕިރް މިލޭންގޭ އަދި ރިޝްތޭހިމެނެ އެވެ. އޭނާ ފިލްމީ ދާއިރާއަށް ތައާރަފްވެފައި ވަނީ 2003 ވަނަ އަހަރު ނިކުތް ބާޒީގަރްއިންނެވެ.

- ކޮމެންޓް