ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 20:56
2009 ވަނަ އަހަރު ވެސް ރައީސް ކަބީލާ ވަނީ 96 ގާޒީއަކު ވަކިކުރައްވާފައި
2009 ވަނަ އަހަރު ވެސް ރައީސް ކަބީލާ ވަނީ 96 ގާޒީއަކު ވަކިކުރައްވާފައި
ރޮއިޓަރސް
ކޮންގޯގައި ގާޒީން ވަކިކުރުން
ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ޑިގްރީ ނެތިގެން 250 އަށް ވުރެ ގިނަ ގާޒީން މަގާމުން ވަކިކޮށްފި
ޖުމްލަ 256 މެޖިސްޓްރޭޓަކު ސަސްޕެންޑްކޮށް ނުވަތަ މަގާމުން ވަކިކޮށްފައިވޭ
ދެ ފަނޑިޔާރަކު އިސްތިއުފާ ދެއްވި

ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި، ގާނޫނީ ދާއިރާ އިން ޑިގްރީ ނެތުމުންނާއި ކޮރަޕްޝަނުގެ ތުހުމަތުގައި 250 އަށް ވުރެ ގިނަ ފަނޑިޔާރުން މަގާމުން ވަކިކޮށްފިއެވެ.

ރައީސް ޖޯސެފް ކަބީލާ ވަނީ "200 އަށް ވުރެ ގިނަ މެޖިސްޓްރޭޓުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުންނަންޖެހޭ ޝަރުތުރުތައް ފުރިހަނުކޮށްގެން ފިޔަވަޅު އަޅާފައި" ކަމަށް ޖަސްޓިސް މިނިސްޓަރ ތަމްބްވީ ވަމްބާ ޕަބްލިކް މީޑިއާގައި ހޯމަ ދުވަހު ވަނީ ވިދާޅުވެފައެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖުމްލަ 256 މެޖިސްޓްރޭޓަކު ސަސްޕެންޑްކޮށް ނުވަތަ މަގާމުން ވަކިކޮށްފައިވާއިރު އިތުރު ދެ ފަނޑިޔާރަކު އިސްތިއުފާ ދެއްވައި އިތުރު އެއް ފަނޑިޔާރަކުވަނީ މުސްކުޅި ކުރައްވާފައެވެ.

ކޮންގޯގައި 4،000 އެއްހާ މެޖިސްޓްރޭޓުން މަސައްކަތްކުރެއެވެ.

"އެކަކަށް ވެސް ޝަރުއީދާއިރާއަކަށް ނުވަދެވޭނެ ފައިސާ ހޯދުމުގެ ނިޔަތަކު"

ވަކިކުރެވުނު ފަނޑިޔާރުން ސިފަކުރައްވައި ވަމްބާ ވިދާޅުވިއެވެ.

މައުދަނުގެ މުއްސަނދިކަން ލިބިފައިވާ، ސެންޓްރަލް އެފްރިކާގެ މި ގައުމުގައި މިއީ މެޖިސްޓްރޭޓުން މަގާމުން ވަކިކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެ ކުރިން 2009 ވަނަ އަހަރު ވެސް ރައީސް ކަބީލާ ވަނީ 96 ގާޒީއަކު ވަކިކުރައްވާފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް