ދުނިޔޭގެ އެންމެ އިންސްޓަގްރާމް ކުރަން ރީތި ހޮޓަލެއްގެ ގޮތުގައި އަނަންތަރާ ކިހަވައް މޯލްޑިވްސް ވިލާސް ހޮވިއްޖެއެވެ.
އަނަންތަރާއަށް މި ލަގަބު ލިބުނީ ލަގްޒަރީ ޓްރެވަލް އެޑްވައިޒަރ އިން ނެގި ވޯޓެއްގައި ލިބުނު 120000 ވޯޓުގެ ތެރެއިން ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި ވޯޓާއެކުއެވެ.
ބ. އަތޮޅުގައި އޮންނަ 80-ވިލާގެ މި ރިސޯޓު އެއްވަނަ ހޯދާފައި ވަނީ އިންޑޮނޭޝިއާގެ ބާލީގައި ހުންނަ ރިޒް-ކާލްޓަން ހޮޓެލާއި މެކްސިކޯގެ ހޮޓެލް މެޓިލްޑާއާއި ވިސަރޯއި ލޮސް ކާބޮސް ބަލި ކުރުމަށް ފަހެވެ.
މި އެވޯޑާއެކު އަނަންތަރާގެ ޖެނެރަލް މެނޭޖަރ ޑިލަން ކައުންސެލް ވަނީ ލަގްޒަރީ ޓްރެވަލް އެޑްވައިޒަރގެ ވޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.
މިއީ މި ރިސޯޓަށް ލިބިފައިވާ ހަމަ އެކަނި އެވޯޑެއް ނޫނެވެ. 2017 ވަނަ އަހަރުގެ ވަރލްޑް ޓްރެވެލް އެވޯޑްސްގައި 'ވަރލްޑްސް ލީޑިންގ އަންޑަރވޯޓަރ ހޮޓެލް ރެސްޓޯރަންޓް' އަނަންތަރާއަށް ލިބިފައިވާއިރު، ރާއްޖޭގެ "ލީޑީންގ ވިލާ ރިސޯޓް"ވެސް އެތަނަށް ލިބިފައިވެއެވެ.
އަންނަތަރާ ކިހަވައް މޯލްޑިވްސް ވިލާސް ބ. އަތޮޅުގައި އޮންނަ އިރު، ވޭލާނާ އިންޓަނެޝަނަލް އެއާޕޯޓުން 30 މިނިޓް ތެރޭ އެތަނަށް ދެވެއެވެ. ބ. އަތޮޅަކީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވްއެކެވެ.