އިންޑިޔާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އާއި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝަރުމާގެ އެންގޭޖްމަންޓް މާދަމާ ބާއްވަން އުޅޭ ވާހަކަ ދޮގުކޮށްފިއެވެ.
ވިރާޓް އާއި އަނުޝްކާގެ އެންގޭޖްމަންޓް އާއަހަރު ފެށޭ ދުވަހު ބާއްވަން އުޅޭ ކަމަށް ބުނެ އިންޑިއާގެ މީޑިއާގައި ފަތުރަމުންދާ ޚަބަރުތައް ދިގުކޮށް ވިރާޓް ވަނީ ޓްވީޓެއް ކޮށްފައެވެ.
ވިރާޓް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެންގޭޖުމެންޓް ރަސްމިއްޔާތު ބާއްވަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ބާއްވާ ނަމަ ސިއްރުން ނޫޅޭނެ ކަމަށެވެ.
މީގޭ އިތުރުން އަނުޝްކާގެ ސްޕޯކްސްޕާސަން ވެސް ވަނީ މި ޚަބަރު ދޮގުކޮށްފައެވެ.
ވިރާޓް އާއި އަނުޝްކާ މިވަގުތު ޗުއްޓީ ހޭދަ ކުރަމުންދަނީ ރިޝިކޭޝް ކައިރީގައި އޮންނަ ފަރުބަދަ މަތީ ރިސޯޓެއްގައި އެވެ.
އެ ދެމީހުންގެ އެންގޭޖުމެންޓް ރަސްމިއްޔާތު ބާއްވަން އުޅޭކަން ނޫސްވެރިންނަށް ބޮޑަށް ހީވެފައިވަނީ އެމީހުން ތިބި ރިސޯޓަށް އަމީތާބު ބައްޗަން އާއި އޭނާގެ އަންހެނުން ޖާޔާބަޗަން އާއި އަދިވެސް އިތުރު ތަރިންތަކެއް ދިއުމުންނެވެ.