ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 11:16
އިނގިރޭސި ބޮޑުވަޒީރާ ތެރެސާ މޭ: ސައުދީ އަރަބިއާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން
އިނގިރޭސި ބޮޑުވަޒީރާ ތެރެސާ މޭ: ސައުދީ އަރަބިއާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން
އަލްއަރަބިއްޔާ
ސައުދީ - އިނގެރޭސިވިލާތް
މެދުއިރުމަތީގެ ހާލަތާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރާއި ސައުދީ ވަލީއަހުދު މަޝްވަރާ ކުރައްވައިފި
ދެ ޤައުމުގެ ގުޅުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރާ ތެރޭސާ މޭ، ސައުދީ އަރަބިއާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނާއި މަޝްވަރާ ކުރައްވައިފިއެވެ.

މެދުއިރުމައްޗާ ގުޅޭ ގޮތުން މި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ އާދީއްތަ ދުވަހު ފޯނު މެދުވެރިކޮށެވެ.

ސައުދީގެ ރަސްމީ މީޑިއާ އޭޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފޯން ކޯލްގައި ދެ ބޭފުޅުން ވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ނިމިގެންދިޔަ ހަފްތާ ބަންދުގައި އެމެރިކާ އިން އިސްވެ އޮވެ، އިނގެރޭސިވިލާތާއި، ފްރާންސާ ގުޅިގެން ސިރިއާއަށް ދިން ހަމަލާތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެ ހަމަލާތަކަށް މީގެ ކުރިން  ސައުދީން ވަނީ ތާޢީދު ކޮށްފައެވެ.

މެދުއިރުމަތީގެ ހާލަތުގެ އިތުރުން މި ފޯންކޯލްގައި ދެ ބޭފުޅުން ވަނީ ސައުދީ އާއި އިނގިރޭސިވިލާތުގެ ގުޅުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

ސައުދީ ސަރުކާރުގެ އުސޫލުތަކަށް ބޮޑު ބަދަލެއް އަންނަމުންދާއިރު، އެ ބަދަލުތައް ގެންނެވުމުގެ މުގުލުގައި ހުންނެވީ އަމީރު މުޙައްމަދެވެ. އެމަނިކުފާނު ގެންދަވަނީ ސައުދީގެ ޒަމާންވީ ބައެއް ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އަދި އެމަނިކުފާނު ގެންދަވަނީ ހުޅަނގާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިކުރައްވަމުންނެވެ. 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް