ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 09:10
އިސްރާއީލުން ވަނީ ދުވަސްކޮޅެއް ވަންދެން ޓަނަލްތައް މޮނިޓަރ ކޮށްފައި ކަމަށް އެ ގައުމުން ބުނޭ
އިސްރާއީލުން ވަނީ ދުވަސްކޮޅެއް ވަންދެން ޓަނަލްތައް މޮނިޓަރ ކޮށްފައި ކަމަށް އެ ގައުމުން ބުނޭ
އިސްރާއީލް އަސްކަރިއްޔާ
ޣައްޒާގެ ހިސޯރު
ޣައްޒާގެ އެންމެ ދިގު ޓަނަލް އިސްރާއީލުން ތަޅާލައިފި
އެތަން ކޮނެފައި ވަނީ 2014 ވަނަ އަހަރު
ޓަނަލްތަކަކީ އިސްރާއީލަށް ހަމަލާ ދިނުމަށް ހަދާފައިވާ ތަންތަން ކަމަށް އިސްރާއީލުން ބުނޭ

ޣައްޒާގެ ތެރެއިން އިސްރާއީލަށް ދެވޭ ގޮތަށް ކޮނެފައިވާ މައި ޓަނަލް އިސްރާއީލުގެ އަސްކަރިއްޔާ އިން ހަލާކުކޮށްލައިފި ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ އަވިގްދޯ ލިބަރމަން ވިދާޅުވީ އެއީ އިސްރާއީލަށް ފެނުނު އެބާވަތުގެ އެންމެ ދިގު އަދި އެންމެ ފުނުގައި ކޮނެފައި އޮތް ޓަނަލް ކަމަށެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެތަން ކޮނެފައި ވަނީ 2014 ވަނަ އަހަރު ޣަޒާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ 30 އަށް ވުރެ ގިނަ ޓަނަލް ސުންނާފަތިކޮށްލި ދުވަސްވަރުން ފެށިގެންނެވެ.

މިފަދަ ޓަނަލްތަކަކީ އިސްރާއީލަށް ހަމަލާ ދިނުމަށް ހަދާފައިވާ ތަންތަން ކަމަށް އެ ގައުމުން ބުނެއެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ޖޮނަތަން ކޮންރިކަސް ވިދާޅުވީ ޓަނަލް ކޮނެފައި ވަނީ ހަމާސް އިން ކަމަށާއި އެ ޓަނަލްތައް ފެނިފައި ވަނީ ޣައްޒާގެ އުތުރުން ޖަބަލިޔާ ސަރަހައްދުން ކަމަށެވެ.

އޭނާ ވިދާޅުވީ ޓަނަލްގެ ތެރެއިން އިސްރާއީލާ ވީކޮޅަށް އެތައް މީޓަރަކަށް ވެންނެވި ކަމަށާއި ނުކުމެވޭނެ ތަނެއް ފެނިވަޑައި ނުގެންނެވި ކަމަށެވެ.

އިސްރާއީލުގެ ތެރެއިން އެތައް މީޓަރަކަށް ޓަނަލް ގޮސް އެހެން ޓަނަލްތަކާ ގުޅިފައިވާއިރު އެތަންތަނަކީ އެތަންތަނުން އިސްރާއީލަށް ހަމަލާ ދެވިދާނެ ތަންތަން ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ޓަނަލް ހަލާކުކޮށްލީ ހަފްތާ ބަންދުގެ ތެރޭގައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް