ކ. މާލެ
|
15 އޭޕްރިލް 2018 | އާދީއްތަ 12:57
ސީރިއާއަށް ދިން ހަމަލާތަކުގައި ލިބުނު ބައެއް ގެއްލުން
ސީރިއާއަށް ދިން ހަމަލާތަކުގައި ލިބުނު ބައެއް ގެއްލުން
މިރަރ
ސީރިއާ ހަނގުރާމަ
ސީރިޔާއަށް ދިން ވައިގެ ހަމަލާ: ހަމަލާތަކަށް ތާޢީދުކުރާ ކަމަށް ސައުދީން ބުނެފި
ސައުދީގެ އިތުރުން ބަޚްރެއިނުންވެސް ވަނީ ހަމަލާތަކަށް ތާޢީދުކޮށްފަ

އެމެރިކާއިން އިސްވެ އޮވެ، އިނގެރޭސިވިލާތާއި ފްރާންސާއި އެކު ސިރިއާއަށް ދިން ވައިގެ ހަމަލާތަކަށް ތާޢީދުކުރާ ކަމަށް ސައުދީ އަރަބިއާއިން ބުނެފިއެވެ.

ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސީރިއާގެ އަސްކަރީ އަމާޒުތަކާއި ދެކޮޅަށް ދިން ހަމަލާއަށް ފުރިހަމައަށް ތާޢީދުކުރާ ކަމަށެވެ.

ސައުދީގެ ޚާރިޖީ އޮފިޝަލަކާއި ހަވާލާދީ، އަލް އަރަބިއާ ނޫހުން ބުނީ، އެ ހަމަލާތަކަކީ، ކުށެއް ނެތް ރައްޔިތުންނަށް އަމާޒުކޮށް ސީރިއާ ސަރުކާރުން ދެމުންދާ ހަމަލާތަކެއް ކަމަށާއި، ހަމަލާތަކަށް ތާޢީދުކުރަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

އެ އޮފިޝަލް ވަނީ ސީރިއާ އާއި ދެކޮޅަށް މިފަދަ ހަމަލާއެއް ދޭންޖެހުނީ، ސީރިއާ ސަރުކާރުގެ ޖަރީމާތައް ހުއްޓުވުމުގައި ބައިނަލްއަޤުވާމީ ދުނިޔެ ފެއިލްވެފައި ވާތީ ކަމަށް ބުނެފައެވެ.

ސައުދީގެ އިތުރުން ބަޚްރެއިން ވެސް ވަނީ މި ހަމަލާތަކަށް ތާޢީދުކޮށް، އެ ހަމަލާތަކަކީ ސީރިއާގެ އާންމު ރައްޔިތުން ރައްކާތެރިކުރުމަށްޓަކާ ދޭން މަޖުބޫރުވި ހަމަލާތަކެއް ކަމަށް ބުނެފައެވެ.

މި މަހުގެ 7 ވަނަ ދުވަހު ސީރިޔާގެ ދޫމާގައި ދިންކަމަށް ތުހުމަތު ކުރެވޭ ކެމިކަލް ހަމަލާގެ ރައްދުގައި ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މިސައިލް ފޮނުވާލާފައިވެއެވެ. އެމެރިކާއިން ސީރިއާއަށް ހަމަލާދީފައި ވަނީ ޓޮމަހޯކް ކްރޫޒް މިސައިލް ބޭނުން ކޮށްގެންނެވެ.

ސީރިޔާގެ ސަރުކާރަށް އަސްކަރީގޮތުން އެންމެ ބޮޑު މަދަދެއްދޭ ރަޝިއާއިން ވަނީ އެގައުމުގެ އެންމެ ފަރުދަކަށް ގެއްލުމެއް ވެފައި ވިޔަސް އަސްކަރީ ބަދަލެއް ހިފާނެކަމަށް އިންޒާރުދީފައެވެ. އަދި ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިންވެސް ވަނީ ހުޅަނގުގެ ގައުމުތަކުން ދިން ހަމަލާ ކުށްވެރިކުރާ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާ އިސްވެ އޮވެ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ގުޅިގެން ހުކުރު ދުވަހުގެރޭ ސީރިޔާގެ އެކި ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ސީރިޔާ ސަރުކާރުން ވަނީ ބުނެފައެވެ. ޓީވީ މެދުވެރިކޮށް ސޫރިޔާ އަސްކަރިއްޔާއިން ބުނީ ހަމަލާތަކުގެ ސަބަބުން ލިބިފައިވަނީ ކުޑަ ގެއްލުމެއް ކަމަށާއި، ގުޅިފައިވާ ފައުޖުން ފޮނުވާލި ގިނަ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ.

ޕެންޓަގަންއަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޖޯސެފް ޑަންފޯޑް ވިދާޅުވެފައިވަނީ މި ހަމަލާގައި ސީރިއާގެ ތިން އަމާޒަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ. މީގެ ތެރެއިން އެއްތަނަކީ ދިމިޝްގުގައި ހުރި ސައިންޓިފިކް ރިސަރޗް ފެސިލިޓީއެއްކަމަށް ވާއިރު އެމެރިކާއިން ތުހުމަތު ކޮށްފައިވާ ގޮތުގައި އެތަނަކީ ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމާއި ގުޅުންއޮތް ތަނެކެވެ. ހަމަލާ ދިން ދެވަނަ ތަނެއްގެ ގޮތުގައި އެމެރިކާއިން ހާމަކޮށްފައިވަނީ ހޮމްސްގައި ހުންނަ ކެމިކަލް ހަތިޔާރު ރައްކާކުރާ ގުދަނެކެވެ.

މީގެ އިތުރުން ދެން ހަމަލާދީފައިވަނީ ކެމިކަލް ހަތިޔާރު އުފައްދާ އިކުއިޕްމަންޓް ރައްކާކުރާ އަދި މުހިއްމު ކޮމާންޑް ޕޯސްޓެއްގެ ގޮތުގައި ހޮމްސްގައި ބޭނުންކުރާ ތަނަކަށް ކަމަށް އެމެރިކާއިން ބުނެއެވެ.

- ކޮމެންޓް