ކ. މާލެ
|
14 އޭޕްރިލް 2018 | ހޮނިހިރު 21:20
ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީ ސަނާއިން އާއްމުކޮށްފައިވާ ފޮޓޯއެއް
ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީ ސަނާއިން އާއްމުކޮށްފައިވާ ފޮޓޯއެއް
މިރަރ
ސީރިޔާއަށް ދެމުންދާ ހަމަލާ
ސީރިޔާއަށް ދެމުންދާ ހަމަލާ: ހަމަލާގެ ނަތީޖާ ފެންނަ ފުރަތަމަ ފުޓޭޖް
މިސައިލްތަކުގެ އަދަދު ސާފެއް ނުވޭ
ސީރިޔާ ސަރުކާރުން ބުނީ ބޮޑު ގެއްލުމެއް ނުވާކަމަށް

އެމެރިކާ އިސްވެ އޮވެ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ތުރުކީއިން ހުކުރު ދުވަހުގެރޭ ސީރިޔާގެ އެކި ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރެއިން  ބަރްޒާ ސައިންޓިފިކް ރިސަރޗް ސެންޓަރަށް އަމާޒުވި ހަމަލާއަށް ފަހު އެތަނުގެ ފުރަތަމަ ވީޑިއޯ ފުޓޭޖް ލިބިއްޖެއެވެ.

މިތަނަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފްރާންސުންނެވެ. ހަމަލާތަކުގައި ސުންނާފަތި ކޮށްލި  ،އެތަނަށް ޒިޔާރަތްކުރާއިރު ލާނެ ރައްކާތެރި ހެދުމާއި،އުފައްދާފައި ހުރި ހަތިޔާރެއް ނުވަތަ ބޭނުންކޮށްފައި ހުރި އެބާވަތުގެ ހަތިޔާރެއްވެސް އެތަނުގައި ނެތްކަމަށް މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ އަލްސުރާއިން ބުނެފައިވެއެވެ.

އެމެރިކާ އިސްވެ އޮވެ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ގުޅިގެން ހުކުރު ދުވަހުގެރޭ ސީރިޔާގެ އެކި ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ސީރިޔާ ސަރުކާރުންވެސްވަނީ ބުނެފައެވެ.

ޓީވީ މެދުވެރިކޮށް ސޫރިޔާ އަސްކަރިއްޔާއިން ބުނީ ހަމަލާތަކުގެ ސަބަބުން ލިބިފައިވަނީ ކުޑަ ގެއްލުމެއް ކަމަށާއި، ގުޅިފައިވާ ފައުޖުން ފޮނުވާލި ގިނަ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ.

ޕެންޓަގަންއަށް މައުލޫމާތުދެއްވަމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޖޯސެފް ޑަންފޯޑް ވިދާޅުވެފައިވަނީ މި ހަމަލާގައި ސީރިއާގެ ތިން އަމާޒަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

މީގެ ތެރެއިން އެއްތަނަކީ ދިމިޝްގުގައި ހުރި ސައިންޓިފިކް ރިސަރޗް ފެސިލިޓީއެއްކަމަށްވާއިރު އެމެރިކާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އެތަނަކީ ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމާއި ގުޅުންއޮތް ތަނެކެވެ. ހަމަލާ ދިން ދެވަނަ ތަނެއްގެ ގޮތުގައި އެމެރިކާއިން ހާމަކޮށްފައިވަނީ ހޮމްސްގައި ހުންނަ ކެމިކަލް ހަތިޔާރު ރައްކާކުރާ ގުދަނެކެވެ.

މީގެ އިތުރުން ދެން ހަމަލާދީފައިވަނީ ކެމިކަލް ހަތިޔާރު އުފައްދާ އިކުއިޕްމަންޓް ރައްކާކުރާ އަދި މުހިއްމު ކޮމާންޑް ޕޯސްޓެއްގެ ގޮތުގައި ހޮމްސްގައި ބޭނުންކުރާ ތަނަކަށް ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން ހަމަލާދީފައި ވަނީ ޓޮމަހޯކް ކްރޫޒް މިސައިލް ބޭނުން ކޮށްގެންނެވެ.

އިނގިރޭސިވިލާތުން ޓޯނަޑޯ ޖެޓްތައް ބޭނުން ކޮށްގެން ހަމަލާދިނީ ސްޓޯމް ޝެޑޯ މިސައިލުންނެވެ.

ފަރަންސޭސީވިލާތުން ވެސް މެޑިޓަރޭނިއަން ކަނޑުގައި 4 މަނަވަރު ތައްޔާރީ ޙާލަތަށް ގެނައި އިރު، އެޤައުމުން ވަނީ ފްރެންޗް މިރާޖް އަދި ރަފައޭލް މަރުކާގެ ހަނގުރާމަމަތީ ޖެޓްތައް ބޭނުންކޮށްގެން ހަމަލާދީފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް