ކ. މާލެ
|
14 އޭޕްރިލް 2018 | ހޮނިހިރު 09:41
ސީރިޔާގެ ދައުލަތުގެ ޓީވީއިން ވަނީ އެ ގައުމުގެ ސިފައިން ހަމަލާދީ 10 އަކަށްވުރެ ގިނަ މިސައިލް ވައްޓާލިކަމަށް ބުނެފަ
ސީރިޔާގެ ދައުލަތުގެ ޓީވީއިން ވަނީ އެ ގައުމުގެ ސިފައިން ހަމަލާދީ 10 އަކަށްވުރެ ގިނަ މިސައިލް ވައްޓާލިކަމަށް ބުނެފަ
ވޯލް ސްޓްރީޓް ޖާނަލް
ދޫމާގެ ކެމިކަލް ހަމަލާ
އެމެރިކާއާއި އެގައުމުގެ ބައިވެރިން ސީރިޔާއަށް ބޮން އަޅަން ފަށައިފި
ވެރިރަށް ދިމިޝްގުން ގޮވުންތަކެއްގެ އަޑުއިވިފައިވާކަމަށް ރިޕޯޓްކޮށްފައިވޭ
އެމެރިކާއިން ބުނީ މައިގަނޑު ތިން ތަނަކަށް ހަމަލާ ދީފައިވާކަމަށް

އެމެރިކާއާއި އިނގިރޭސިވިލާތާއި ފްރާންސް ގުޅިގެން ސީރިޔާގެ ކެމިކަލް ހަތިޔާރު ރައްކާކޮށްފައި ހުރި ތަންތަން ކަމަށް އެފަރާތްތަކުން ތުޙުމަތުކުރާ ތަންތަނަށް ހޮނިހިރު ދުވަހުގެ ފަތިހު ބޮންއަޅަން ފަށައިފިއެވެ.

މި ހަމަލާތަކަކީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ސީރިޔާގެ ޣޫތާގެ ޓައުނެއްކަމަށްވާ ދޫމާގައި ދިން ކަމަށްބުނާ ކެމިކަލް ހަމަލާގެ ރައްދުގައި ދީފައިވާ ހަމަލާތަކެއް ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ގައުމާއި މުޚާތަބު ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، "ފްރާންސްއާއި އިނގިރޭސި ވިލާތުގެ އަސްކަރިއްޔާއިން ގުޅިގެން ހިންގާ އޮޕަރޭޝަން ދަނީ ކުރިޔަށް" ކަމަށެވެ. 

ސީރިޔާ މީޑިއާތަކުން ވަނީ އެ ޤައުމުގެ ވެރިރަށް ދިމިޝްގުން ގޮވުންތަކެއްގެ އަޑުއިވިފައިވާކަން ރިޕޯޓްކޮށްފައެވެ.

ޕެންޓަގަންއަށް މައުލޫމާތުދެއްވަމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޖޯސެފް ޑަންފޯޑް ވިދާޅުވެފައިވަނީ މި ހަމަލާގައި ސީރިއާގެ ތިން އަމާޒަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

މީގެ ތެރެއިން އެއްތަނަކީ ދިމިޝްގުގައި ހުރި ސައިންޓިފިކް ރިސަރޗް ފެސިލިޓީއެއްކަމަށްވާއިރު އެމެރިކާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އެތަނަކީ ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމާއި ގުޅުންއޮތް ތަނެކެވެ. ހަމަލާ ދިން ދެވަނަ ތަނެއްގެ ގޮތުގައި އެމެރިކާއިން ހާމަކޮށްފައިވަނީ ހޮމްސްގައި ހުންނަ ކެމިކަލް ހަތިޔާރު ރައްކާކުރާ ގުދަނެކެވެ.

މީގެ އިތުރުން ދެން ހަމަލާދީފައިވަނީ ކެމިކަލް ހަތިޔާރު އުފައްދާ އިކުއިޕްމަންޓް ރައްކާކުރާ އަދި މުހިއްމު ކޮމާންޑް ޕޯސްޓެއްގެ ގޮތުގައި ހޮމްސްގައި ބޭނުންކުރާ ތަނަކަށް ކަމަށް އެމެރިކާއިން ބުނެއެވެ.

ސީރިޔާގެ ދައުލަތުގެ ޓީވީއިން ބުނެފައިވަނީ އެ ޤައުމަށް ގުޅިފައިވާ ކޯލިޝަނުން އެޅި 10 އަކަށްވުރެ ގިނަ މިސައިލަށް އެޤައުމުޔގެ ސިފައިން ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ. 

ސީރިޔާ ސަރުކާރުގެ މައި މަދަދުގާރު ކަމުގައިވާ ރަޝިއާއިން، އެމެރިކާގައި ހުންނަވާ އެގައުމުގެ އެމްބަސެޑަރ މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "އެފަދަ އަމަލެއްގެ ރައްދެއް ނުދީ ދޫކޮށް ނުލާނެ" ކަމަށެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާއި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭވެސްވަނީ ހަމަލާތަކުގައި އެ ގައުމުތަކުން ބައިވެރިވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

- ކޮމެންޓް