ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 04:58
ސީރިއާގައި ހަނގުރާމަވެރިން ހަކަރާތްތެރިވަނީ
ސީރިއާގައި ހަނގުރާމަވެރިން ހަކަރާތްތެރިވަނީ
ގޫގުލް
ސީރިއާ ހަނގުރާމަ
އަސަދުގެ އަމަލުތަކާ ގުޅިގެން ސީރިއާއަށް ހަމަލާދިނުމުގައި އެއްބާރުލުން ދޭނަން: އިނގިރޭސިވިލާތް
ސީރިއާގައި ކެމިކަލް ހަމަލާތައް ވަނީ އިތުރުވެފައި
އެމެރިކާއިންވެސް ވަނީ ސީރިއާއަށް ހަމާލާދޭނެކަން ހާމަކޮށްފައި
މިދިޔަ ހަފްތާގައިވެސް ކެމިކަލް ހަމަލާއެއްގައި 75 މީހުން ވަނީ މަރުވެފައި

ސީރިއާގެ ރައްޔިތުންނަށް ކެމިކަލް ހަމަލާތައް ދެނީ ބައްޝާރުލް އަސަދުގެ ސަރުކާރުން ކަމަށާއި މިކަމާ ދެކޮޅަށް އެމެރިކާގެ މިލިޓަރީއިން ނުކުތުމަށް ނިންމި ނިންމުމަށް އިނގިރޭސިވިލާތުން އެއްބާރުލުން ދޭނެ ކަމަށް އެގައުމުން ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މެއި ސަރުކާރުގެ ސީނިއަރ މިނިސްޓަރުން ވަނީ މިކަމާ ގުޅޭ ގޮތުން ކެބިނެޓްގައި ގޮތްތަކެއް ނިންމާފަ އެވެ. އެހެން ނަމަވެސް ނިންމާފައިވަނީ ކޮންކޮން ކަންކަމާ ގުޅޭ ގޮތުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ސަރުކާރުން އެގައުމުގެ ރައްޔިތުނަށް އަމާޒުކޮށްދޭ ރަހުމުކުޑަ ހަމަލާތަކުގައި މިދިޔަ ހަފްތާގައިވެސް 75 މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެ އެވެ.

މިކަމަށް ހައްލެއް ހޯދުމަށް އެމެރިކާއާއި ފްރާންސްއާއިއެކު ބައިނަލްއަގްވާމީ ގޮތުން މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިނގިރޭސިވިލާތުން ބުނެ އެވެ.

ފްރާންސްގެ ބޮޑުވަޒީރު އެމެނުއެލް މެކްރޮން ވަނީ ސީރިޔާގައި ލާއިންސާނީ އަމަލުތައް ހިންގުމުގައި އަސަދުގެ ސަރުކާރުން ބައިވެރިވާކަމުގެ ހެކިތައް ފެނިފައިވާ ކަމަށާއި މިކަމާ ގުޅިގެން އަސަދުގެ ސަރުކާރުން ހިންގާ އަމަލުތައް ހުއްޓުވުމަށް އެގައުމަށް ހަމަލާދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް