ކ. މާލެ
|
12 އޭޕްރިލް 2018 | ބުރާސްފަތި 14:43
ނަރވް އެޖެންޓް ހަމަލާ ދިނީ މާޗް މަހުގެ 4 ވަނަ ދުވަހު
ނަރވް އެޖެންޓް ހަމަލާ ދިނީ މާޗް މަހުގެ 4 ވަނަ ދުވަހު
ބީބީސީ
ނަރވް އެޖެންޓް ހަމަލާ
ނަރވް އެޖެންޓް ހަމަލާ: ރަޝިއާގެ އެހީތެރިކަން ޔޫލިއާ ބޭނުމެއް ނުވި
ޔޫލިއާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ ހޯމަދުވަހު
ސްކްރިޕާލްގެ ހާލު އަދިވެސް ސީރިއަސް

އިނގިރޭސިވިލާތުގެ ސެލިސްބަރީގައި މިދިޔަ މާޗް މަހު ބަޔަކު ނަރވް އެޖެންޓް ބޭނުންކޮށްގެން ޙަމަލާ ދިން ރަޝިޔާގެ ޖާސޫސީ އިދާރާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ސަރްގޭ ސްކްރިޕާލްގެ ދަރިފުޅު ޔޫލިއާ ސްކްރިޕާލް ރަޝީއާގެ އެހީތެރިކަން "މިވަގުތައް" ބޭނުން ނޫން ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ޔޫލިއާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ ހޯމަދުވަހުއެވެ. އޭނާގެ ބައްޕަ އަދިވެސް "ވަރަށް ބަލި" ކަމަށް އޭނާ ބުންޏެވެ.

ފުލުހުން މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި އޭނާ ބުނީ މީޑިއާ އިންޓަވިއުއެއް ދެވޭ ވަރަށް ވުރެ އޭނާ މިވަގުތު ބަލި ކަމަށާއި ނަމަވެސް "އޭނާއަށްޓަކައި ނުވަތަ އޭނާގެ ބައްޕައަށްޓަކައި އެއްވެސް މީހަކު ވާހަކަ ނުދައްކާ" ކަމަށެވެ.

ރަޝިއާ އެމްބަސީން ވަނީ އެއީ ޔޫލިއާ ނެރެފައިވާ ބަޔާނެއް ކަމާ މެދު ސުވާލު އުފައްދާފައެވެ.

މާޗު މަހުގެ 4 ވަނަ ދުވަހު އެ ދެ މީހުން ބެންޗެއްގެ މަތީގައި ހޭނެތިފައި ތިއްބާ ފެނުމާ އެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއިރު، އެމީހުންނަށް ހަމަލާދީފައި ވަނީ ނޮވިޗޮކް ކިޔާ ނަރވް އެޖެންޓެއް ބޭނުންކޮށްގެންނެވެ.

ސްކްރިޕާލްއަކީ ރަޝިޔާގެ ޖާސޫސީ އިދާރާގައި ކުރިން މަސައްކަތްކުރި އިސް މުވައްޒަފެކެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތަށް ޖާސޫސުކޮށްދިންކަމުގެ ތުހުމަތުކުގައި އޭނާ ރަޝިޔާގައި ޖަލަށް ލެވުނެވެ. އަދި ޖަލުން މިނިވަންވުމާ އެކު އޭނާ ދިރިއުޅެމުން ދިޔައީ އިނގިރޭސިވިލާތުގައެވެ

މިޙަމަލާގެ ފަހަތުގައި ވަނީ ރަޝިޔާގެ ސަރުކާރު ކަމަށް އިނގިރޭސި ސަރުކާރުން ތުހުމަތުކުރި ނަމަވެސް، މޮސްކޯ އިން އެކަން ދޮގުކުރެއެވެ.

ޔޫލިއާގެ ބަޔާނުގައި އޭނާ ބުނެފައި ވަނީ އޭނާއަށް އޭނާގެ ނަފްސު މިހާރު ފެންނަނީ މީގެ މަހެއް ކުރިން ފެނުނު ގޮތާ ތަފާތުކޮށް ކަމަށެވެ.

"އަހަންށް އެބަތިބި ޚާއްސަ ތަމްރީނު ލިބިފައިވާ އޮފިސަރުން ދީފައި، އެމީހުންދަނީ އަހަންނަށް އަޅާލައި ތަހުގީގު ކުރިޔަށްދާ ގޮތް ކިޔައިދެމުން،" މިހާރު ރައްކާތެރި ތަނަކަށް ބަދަލު ކުރެވިފައިވާ ޔޫލިއާގެ ބަޔާނުގައި ބުނެފައި ވެއެވެ.

އޭނާ ބުނެފައި ވަނީ އާއިލާ އާއީ ރައްޓެހިންނާ ވެސް ބައްދަލު ކުރެވޭ ކަމަށެވެ. އަދި ރަޝިއާ އެމްބަސީގެ ފަރާތުން އޭނާއާ ބައްދަލުކޮށް އޭނާއަށް އެހީތެރިކަން ހުށަހެޅި މީހާ އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.

"މިވަގުތު އެމީހުންގެ ޚިދުމަތަކަށް ބޭނުމެއް ނޫން، އެކަމަކު އަހަރެންގެ ވިސްނުން ބަދަލުވެއްޖެ ނަމަ އެމީހުންނާ ގުޅޭނެ ގޮތް އެނގޭ"

ރަޝި އާއިން ބުނީ އެ ބަޔާނުން އެނގިގެންދަނީ ރަޝިއާގެ ރައްޔިތަކު ގަދަކަމުން އެކަހެރިކޮށްފައި ހުރުން ކަމަށެވެ. އަދި ރަޝިއާ އިން ވަނީ ޔޫލިއާ ހުރީ އޭނާގެ ފުރިހަމަ މިނިވަންކަމުގައި ކަމުގެ ހެކި ވަގުތުން ދެއްކުމަށް ގޮވާލާފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް