ކ. މާލެ
|
12 އޭޕްރިލް 2018 | ބުރާސްފަތި 08:44
މަތިންދާބޯޓު ވެއްޓުނު ސަރަހައްދުގައި ކުއްލި ހާލަތުގައި މަސައްކަތްކުރާ ފަރާތްތައް ހަރަކާތްތެރިވަނީ
މަތިންދާބޯޓު ވެއްޓުނު ސަރަހައްދުގައި ކުއްލި ހާލަތުގައި މަސައްކަތްކުރާ ފަރާތްތައް ހަރަކާތްތެރިވަނީ
އޭޕީ
އަލްޖީރިއާގެ މަތިންދާބޯޓެއް ވެ
އަލްޖީރިއާގެ އަސްކަރީ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 257 އަށް އަރައިފި
ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ސިފައިން ހިމެނޭ
މަރުވި މީހުންގެ ތެރޭގައި 247 ފަސިންޖަރުންނާއި 10 ފަޅުވެރިން ހިމެނޭ
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް، ތަހުގީގު މިހާރު ވަނީ ފަށާފައި

އަލްޖީރިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 257 އަށް އަރާފައިވާ ކަމަށް އެގައުމުގެ ގައުމީ ޓީވީ އިން ހާމަކޮށްފިއެވެ.

ރަޝިއާގައި އުފައްދާފައިވާ އަލްޖީރިއާގެ އަސްކަރީ މަތިންދާބޯޓެއް، ވެރިރަށް އަލްޖިއަސްގެ ބޫފަރިކްގެ ވައިގެ މަރުކަޒުގެ ކައިރިއަށް ވެއްޓިފައި ވަނީ ބުދަ ދުވަހުއެވެ.

އަލްޖީރިއާގެ އަސްކަރިއްޔާ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސިފައިންނާ އެކު ދަތުރުކުރި އިލްޔުޝިން މަރުކާގެ މަތިންދާބޯޓު ވެއްޓިފައި ވަނީ، ބުދަ ދުވަހު ހެނދުނު ބޫފަރިކް ވައިގެ މަރުކަޒުން ފުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

މަރުވި މީހުންގެ ތެރޭގައި 247 ފަސިންޖަރުންނާއި 10 ފަޅުވެރިޔަކު ހިމެނޭ ކަމަށް އަލްޖީރިއާގެ ދިފާއީ ވުޒާރާ އިން ބުނެއެވެ.

އަލްޖީރިއާގެ ވެރިކަން ކުރާ ޕާޓީގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ އެއްނަހާރް ޓީވީ އިން ވަނީ، ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި އަލްޖީރިއާގެ ހުޅަނގު ސަހަރާގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ޕޮލިސާރިއޯ ފްރަންޓްގެ 26 މެމްބަރަކު ހިމެނޭ ކަމަށް ރިޕޯޓްކޮށްފައެވެ.

މިހާދިސާ ހިނގަން މެދުވެރި ސަބަބު ސާފުވެފައެއް ނުއެވެ. އަދި ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ 2003 ވަނަ އަހަރުގެ ފަހުން އެގައުމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. 2003 ވަނަ އަހަރު އެއަރ އަލްޖެރީގެ ޖެޓެއް ތަމަންރަސެޓުން ފުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓި ހިނގި ހާދިސާގައި 102 މީހަކު މަރުވިއެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު އަލްޖީރިއާގެ އަސްކަރިއްޔާ އަށް ނިސްބަތްވާ 70 އޮފިސަރުންނާއި އާއިލާގެ ބައެއް މެމްބަރުން ގޮވައިގެން ދަތުރުކުރި ސީ-130 މަރުކާގެ މަތިންދާބޯޓެއް ޖެބެލް ފެރްޓަސް ފަރުބަދާގައި ޖެހި ހިނގި ހާދިސާގައި ވެސް ގިނަ ބަޔަކު މަރުވެފައިވެއެވެ.

މީގެ އިތުރުން 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އަލްޖީރިއާގެ ހުޅަނގުއުތުރުގައި ޓްރެއިނިންގ އޮޕަރޭޝަނެއް ހިންގުމުގެ ތެރޭގައި އަސްކަރީ ދެ ޖެޓެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ބޯޓުގެ ޕައިލެޓުން ވަނީ މަރުވެފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް