ކ. މާލެ
|
11 އޭޕްރިލް 2018 | ބުދަ 13:55
ދޫމާގައި ކެމިކަލް ހަމަލާ ދިން ކަމަށް ބެލެވޭ ސަރަހައްދަށް ސީރިޔާ ސިފައިން ޖަމާވެފައި
ދޫމާގައި ކެމިކަލް ހަމަލާ ދިން ކަމަށް ބެލެވޭ ސަރަހައްދަށް ސީރިޔާ ސިފައިން ޖަމާވެފައި
ގެޓީ އިމޭޖަސް
ދޫމާގެ ކެމިކަލް ހަމަލާ
ދޫމާގެ ކެމިކަލް ހަމަލާ: ރަޝިއާއިން އެމެރިކާއަށް އިންޒާރު ދީފި
ހަމަލާ ތަހުގީގުކުރުމަށް ހުށަހެޅި ހުށަހެޅުން ވަނި ފެއިލްކޮށްލާފައި
ހަމަލާދިންކަމަށް ބުނާ ވާހަކަ ރަޝިއާއިން ދޮގުކުރޭ

ސީރިޔާގައި ދިން ކެމިކަލް ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ހަމަލާގެ ރައްދުގައި އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ރަޝިއާއިން އެމެރިކާގެ ކިބައިން އެދިއްޖެއެވެ.

"އަޅުގަނޑު އަދިވެސް އެއްފަހަރު އެދެން މިހާރު ތި ބޭފުޅުން ކުރައްވަމުން ތި ގެންދަވާ ޕްލޭނާ ފެއަށް ޖެހިވަޑައިގަތުމަށް މޮސްކޯއިން އދ އަށް ކަނޑައަޅުއްވާފައި ހުންވާ މަންދޫބު ޥެސިލީ ނެބެންޒިއާ އަންގާރަ ދުވަހު ވިދާޅުވިއެވެ.

މީގެ އިތުން އޭނާ ވަނީ ގާނޫނާ ޚިލާފް އަސްކަރީ އެއްވެސް ހަރަކާތެއް ހިންގައިފިނަމަ ވޮޝިންޓަނުން އޭގެ އަގު އަދާކުރަން ޖެހޭނެ ކަމަށް އިންޒާރުދެއްވާފައެވެ. ނަމަވެސް ހުޅަނގުގެ ލީޑަރުން ވިދާޅުވެފައި ވަނީ ދޫމާގައި ކެމިކަލް ހަމަލާދިން ފަރާތަށް ހަމަލާ ދިނުމަށް އެ ގައުމުތަކުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ ސީރިޔާގެ ސަރުކާރުގެ ކެމިކަލް ރައްކާކުރާ ތަންތަނަށް ކޮންމެ ފަދަ ހަމަލާއެއް ވެސް ދީފާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. މީގެ އިތުރުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވަނީ މިހަފްތާއަށް ރޭވިފަހުރި ދަތުރުފުޅުތައް ކެންސަލް ކުރައްވާފައެވެ.

ސީރިޔާގެ އިދިކޮޅު އެކްޓިވިސްޓުންނާއި، މީހުން ސަލާނަތްކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި، ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން ބުނެފައި ވަނީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އިރުމަތީ ޣޫތާގެ ދޫމާމާގައި ދިން ކަމަށް ތުހުމަތުކުރެވޭ ކެމިކަލް ހަމަލާގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ.

ރަޝިއާގެ އަސްކަރީ އެހީތެރިކަން ލިބެމުންދާ ރައީސް ބަޝާރުލް އަސަދުގެ ސަރުކާރުން ދަނީ އެ ހަމަލާގެ ފަހަތުގައިވަނީ ސަރުކާރު ސިފައިންކަމަށް ބުނާބުނުން ދޮގު ކުރަމުންނެވެ.

ރަޝިއާއިން އެމެރިކާއަށް އިންޒަރުދީފައި މިވަނީ އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި އެ ހަމަލާ ތަހުގީގުކޮށް ފިޔަވަޅު އެޅުމާއިމެދު ގޮތެއް ނުނިންމި ޚިޔާލުތަފާތުވެގެން ނިމިފައިވަނިކޮށެވެ.

ރަޝިއާއާއި އެމެރިކާއަކީ ވެސް ވީޓޯކުރުމުގެ ބާރު އޮންނަ ދެ ގައުމުކަމަށްވާއިރު ދެ ގައުމުންވެސްވަނީ ހަމަލާގެ މިނިވަން ތަހުގީގެއް ހިންގުމަށް ހުށަހެޅި ހުށަހެޅުންތައް އެއްގައުމުގެ ހުށަހެޅުން އަނެއްގައުމުން ވީޓޯކޮށްފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް